މާލެ: 31°C

އޮނިގަނޑަށް ބަދަލު ގެންނަން އުޅޭތީ އާސަންދައިގެ މުވައްޒަފުންގެ ޕެޓިޝަނެއް ރައީސަށް

January 26, 2025
594 ފަހަރު ބަލާފައި
އޮނިގަނޑަށް ބަދަލު ގެންނަން އުޅޭތީ އާސަންދައިގެ މުވައްޒަފުންގެ ޕެޓިޝަނެއް ރައީސަށް
އާސަންދަ ކުންފުނީގެ ޑިޕާޓްމެންޓެއް އުވާލަން ނިންމާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އާސަންދަ ކުންފުނީގެ ޑިޕާޓްމެންޓެއް އުވާލަން ނިންމާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އާސަންދަ ކުންފުނީގެ މުވައްޒަފުންތަކެއް ހުށަހެޅި މި ޕެޓިޝަނަކީ އެ ކުންފުނީގެ ކޭސް ޕްރޮސެސިން ޑިޕާޓްމެންޓާއި ސުޕަވައިޒަރުންގެ ރޯލު އުވާލުމަށް ނިންމާފައިވާތީ ހުށަހެޅި ޕެޓިޝަނެކެވެ.

މި ޕެޓިޝަނުގައި އާސަންދައިގެ 50 މުވައްޒަފުން ސޮއިކޮށްފައިވެ އެވެ. ރައީސް މުއިއްޒަށް ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން އެ ބަދަލުތައް ތަންފީޒު ކުރުމަށް އާސަންދައިން ނިންމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ ތަނުގެ ގާތްގަނޑަކަށް 60 މުވައްޒަފުންގެ ދިރިއުޅުމަށް ދަތިތައް ދިމާވުމުގެ އިތުރުން، އާސަންދަ އޮޕަރޭޝަނާމެދު އޮތް އިތުބާރު ވެސް ގެއްލިގެންދާނެކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އާސަންދަ ކުންފުނީގެ ބައެއް ނިންމުންތަކަށް މި ޕެޓިޝަނުގައި ވަނީ ފާޑު ކިޔާފަ އެވެ. އެގޮތުން ކުންފުނީގައި އޮތީ ރަނގަޅު ލީޑަޝިޕެއް ނޫންކަމަށާއި ކްރިޓިކަލް އޮޕަރޭޝަންތަކުގައި ބައިވެރިނުވުމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާކަމަށް ބުނެފައިވެ އެވެ. އަދި ކަސްޓަމާ ސާވިސް ޑިޕާޓްމެންޓުގައި، މުވައްޒަފުން ބުރަކޮށް މަސައްކަތްކުރި ނަމަވެސް، އެމްޑީ ޒީނިޔާ ވަނީ ސިސްޓަމެޓިކް މައްސަލަތަކަށް ހައްލު ހޯދުމުގެ ބަދަލުގައި އެ ޑިޕާޓްމެންޓު ކުށްވެރިކޮށް، ބަދަލުތައް ގެންނަންޖެހޭ ކަމަށް ވިދާޅުވެފައިކަމަށް މުވައްޒަފުން ތުހުމަތުކޮށްފައިވެ އެވެ.

މުވައްޒަފުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ކޭސް ޕްރޮސެސިން ޑިޕާޓްމެންޓް އުވައިނުލުމާއި، ސުޕަވައިޒަރުންގެ ރޯލު އުވައިނުލުމާއި، ތަޖުރިބާހުރި މުވައްޒަފުންގެ މަސައްކަތް ބަލައިގަތުމާއި، ސުޕަވައިޒަރީ އެލޮވެންސްގެ ގޮތުގައި ދޭ 1000 ރުފިޔާ ކަނޑައިނުލުން ހިމެނެއެވެ.

މި ޕެޓިޝަނުގައި ރައީސުލްޖުމްހުރިއްޔާއާއި ކަމާގުޅުންހުރި އިދާރާތަކުން މި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެދިފައިވެއެވެ. އަދި އާސަންދައަކީ ސްޓޭބަލް، އެފިޝަންޓް، އަދި ފައިދާހުރި އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މެނޭޖްމަންޓުން އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ