މާލެ: 31°C
އާސަންދައިގެ ދަށުން އައިވީއެފް ފަރުވާއަށް ކުރިމަތިލާން ހުޅުވާލައިފި

އާސަންދައިގެ ދަށުން އައިވީއެފް ފަރުވާއަށް ކުރިމަތިލާން ހުޅުވާލައިފި

March 16, 2024
2 ފަހަރު ބަލާފައި
އާސަންދައިގެ ދަށުން އައިވީއެފް ފަރުވާއަށް ކުރިމަތިލާން ހުޅުވާލައިފި
ދަރިމައިވުމަށް ހޯދާ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައިވީއެފާއި އައިޔޫއެމްގެ ފަރުވާ އާސަންދަ މެދުވެރިކޮށް، ފޯރުކުރުމުގެ އުސޫލުގެ ދަށުން އެފަރުވާއަށް އެދުމަށް ހުޅުވާލައިފި އެވެ. އެންސްޕާ އިން ކުރި އިއުލާނެއްގައި ބުނީ އެކަމަށް އިއްޔެ އިން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި ފަރުވާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޝަރުތުހަމަވާ މީހުންގެ ތެރެއިން މި އަހަރު "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމުގައި އެންސްޕާ އިން ބުންޏެވެ. މި އެހީ ފަރުވާތަކަށް އެހީދޭނެ އުސޫލު އެންސްޕާ އިން މިދިޔަ މަހުގެ ތެރޭގައި އާންމުކޮށްފައިވެ އެވެ. އޭގައިވާ ގޮތުން އައިވީއެފް ފަރުވާ އެ ސްކީމުން ކަވަރު ކުރާނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އައިޔޫއައި ފަރުވާ ސްކީމުގެ ތެރެއިން ލިބޭނީ ތިން ފަރަށެވެ. އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާ ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ޚިދުމަތް ފޯރުކޮށް ދިނުމަށް އެމްޕެނަލްކުރެވޭ މަރުކަޒުތައް މެދުވެރިކޮށް ފޯރުކޮށް ދެވޭނެ އެވެ. މިކަމަށް އެދޭ ފޯމް އާސަންދަ އާއި އެންސްޕާގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމަށާއި އާސަންދަ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފަސޭހަކޮށް ފޯމް ހުށަހެޅޭނެ ކަމަށް ވެސް އެންސްޕާއިންބުންޏެވެ. އައިވީއެފްގެ އެހީ ހޯދާ މީހުންގެ ހުންނަން ޖެހޭނެ ޝަރުތުތައް: * ދަރިއެއް ދުނިޔޭގައި ނެތުން * ކައިވެންޏަށް ތިން އަހަރުވެފައިވުން * އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިން ސައިކަލް ފުރިހަމަކޮށްފައި ނުވުން * ދެމަފިރިން ކުރެ އެއްވެސް ފަރާތަކުން ދަރިމައިނުވާ އޮޕަރޭޝަން ކޮށްފައި ނުވުން * އެހީއަށް އެދޭ އަންހެން މީހާގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 19-30 ދެމެދު ހުރުން * އެހީއަށް އެދުމުގެ ހަ މަސް ކުރިން ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ހުއްޓާލާފައިވުން * ފަރުވާއަށް އެދޭ އެކަކުގެ މައްޗަށް ވެސް މިދިޔަ ތިން އަހަރު ޖިނާއީ ކުށެއް ސާބިތުވެފައި ނެތުން * ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވުން ނުވަތަ ސަބަބު ދެނެނުގަނެވި ތިން * އަހަރުވަންދެން ދަރިމައިވުމަށް ނުކުޅެދިފައިވުން އަދި އެހެނިހެން ފަރުވާ ކާމިޔާބު ނުވެ އައިވީއެފްއަކީ އެންމެ އެދެވޭ ފަރުވާ ކަމަށް ސްޕެޝަލިސްޓަކު ކަނޑައަޅާފައިވުން * ފަރުވާ ފަށާއިރު އަންހެން މީހާގެ އުމުރުން 30 ފުރި 42 ފުރިފައި ނުވުން. ފިރިހެން މީހާގެ އުމުރު 55 އަށްވުރެ މަތި ނުވުން. ނަމަވެސް އަންހެން މީހާގެ އުމުރުން 25 އަހަރު ފުރި ސިއްހީ ހާލަތެއްގެ ސަބަބުން އެންމެ އެދެވޭ ފަރުވާއަކީ އައިވީއެފް ކަމަށް ސްޕެޝަލިސްޓަކު ކަނޑައެޅުމެވެ. ކައިވެނީގެ މުއްދަތަށް ބެލުމަށް ފަހު ޕޮއިންޓް ދޭނެ އުސޫލު އެ ޝަރުތުތަކުގެ މައްޗަށް ބިނާކޮށް ޕޮއިންޓް ދޭނެ އުސޫލެއް ގާއިމުކޮށްފައިވާ އިރު އެހީ ދިނުމުގައި އިސްކަން ދޭނީ އެ އުސޫލުގެ ދަށުން އެންމެ ގިނައިން ޕޮއިންޓް ލިބޭ މީހުންނަށެވެ. "'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" އެންސްޕާގެ ވެބްސައިޓުން ފެންނަންއެބަހުއްޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ