މާލެ: 31°C
އާންމުންނަށް އުނދަގޫ ނުވާ ގޮތަށް ކެމްޕޭން ކުރުމަށް އީސީން އެދިއްޖެ

އާންމުންނަށް އުނދަގޫ ނުވާ ގޮތަށް ކެމްޕޭން ކުރުމަށް އީސީން އެދިއްޖެ

March 11, 2024
3 ފަހަރު ބަލާފައި
އާންމުންނަށް އުނދަގޫ ނުވާ ގޮތަށް ކެމްޕޭން ކުރުމަށް އީސީން އެދިއްޖެ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ކެމްޕޭން ކުރާއިރު، އާންމު ރައްޔިތުންނަށް އުނދަގޫ އަދި ދަތި ނުވާ ގޮތަށް އެކަން ކުރިއަށް ގެންދިއުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އެދިއްޖެއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކެންޑިޑޭޓުން، އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނޭހެން، ކެމްޕެއިނަށް ބޭނުންކުރާ ތަކެތި ތަންތަނުގައި ހަރުކުރުމާއި، ހިއްޕުމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. [embed]https://twitter.com/IsmailHabeeb/status/1766809622491566543[/embed] އެގޮތުން، ކެމްޕެއިނަށް ބޭނުންކުރާ ތަކެތި އާންމު ތަންތާނުގައި ބެހެއްޓުމުގެ ހުއްދަ އަށް ކެންޑިޑޭޓުން އެދިވަޑައިގަތުމުން، ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލްގެ އިތުރުން ރަށު ކައުންސިލްތަކުން، އިންސާފުވެރިކަމާއި، ހަމަހަމަކަމާއެކު ކެންޑިޑޭޓުންނަށް ދޭން ޖެހޭ ހުއްދަ ދިނުމަކީ ގާނޫނުން ލާޒިމުކުރާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ހަބީބު ވަނީ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުހިނގާކަން މުއައްސަސާތަކުން ކަށަވަރު ކުރެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. 20 ވަނަ މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 21 ވާ އާދިއްތަ ދުވަހުއެވެ. މި އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓަކު ވާދަކުރެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ