މާލެ: 31°C

އާންމު ސިއްހަތާއި ނަފްސާނީ، އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ބެހޭ ފޯރަމެއްގައި ބައިވެރި ވުމުގެ ފުރުސަތު ހުރިހާ ޒުވާނުންނަށް

February 24, 2023
2 ފަހަރު ބަލާފައި
އާންމު ސިއްހަތާއި ނަފްސާނީ، އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ބެހޭ ފޯރަމެއްގައި ބައިވެރި ވުމުގެ ފުރުސަތު ހުރިހާ ޒުވާނުންނަށް
އާންމު ސިއްހަތާއި ނަފްސާނީ، އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ބެހޭ ފޯރަމެއްގައި ބައިވެރި ވުމުގެ ފުރުސަތު ހުރިހާ ޒުވާނުންނަށް
ޒުވާނުންނަށް އަމާޒުކޮށްގެން އާންމުސިއްހަތާއި ނަފްސާނީ، އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ބެހޭ ގޮތުން ކަމުގެ މާހިރުން މައުލޫމާތުދޭ ފޯރަމެއް ބާއްވަން ދިވެހި ނަރުހުންގެ ޖަމިއްޔާ އަދި "ކޮމިއުނިޓީ ނާސް ވޮލަންޓިއަޒް" ތައްޔާރު ވެއްޖެ އެވެ. ޔޫތު މިނިސްޓްރީއާ، ކޮމިއުނިޓީ ނާސް ވޮލަންޓިއާޒް އަދި ދިވެހި ނަރުހުންގެ ޖަމިއްޔާއާ ގުޅިގެން ބާއްވާ އެ ފޯރަމް ގައި ބައިވެރި ވުމުގެ ފުރުސަތު 18 އަހަރާ 35 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް އޮންނާނެއެވެ. މި ފޯރަމް ގައި ބައިވެރިވާން ނަން ނޯޓް ކުރުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. ދިވެހި ނަރުހުންގެ ޖަމިއްޔާއިން ބުނި ގޮތުގައި "ހެލްތު އެންޑް ވެލްބީން ފޯރަމް 2023"ގެ ނަމުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ފޯރަމް ގައި ކަމާބެހޭ ތަޖުރިބާކާރުން ބައިވެރިވެ، މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ފޯރަމްގެ މައުޟޫތަކާއި ގުޅޭ ގޮތުން ބައިވެރިންގެ ހިޔާލު ބަދަލު ކުރުމާއި މަޝްވަރާކުރުން އޮންނާނެއެވެ. މި ފޯރަމްގައި ވާހަކަ ދައްކާނެ ބައެއް މައުޟޫތަކުގެ ތެރޭގައި ، ޒުވާނުން ބާރުވެރިކުރުވުން، އުމުރުން ދުވަސްވުމާއި ސިއްހަތަށް އަންނަބަދަލު، ދަރިމައި ވުމުގެ ސިއްހަތު، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވާނެގޮތް، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން، އެހެން މީހުންގެ އެހީތެރިކަން ހޯދުމުގެ މުހިއްމުކަމާއި އެހީތެރިކަން ހޯދާނެ ގޮތް ހިމެނެއެވެ. ފޯރަމް ކުރިއަށް ގެންދާނީ، މާޗްމަހުގެ ހަތަރު ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ، ޔޫތު މިނިސްޓްރީ ހިންގާ އިމާރާތް ، ހ. ބޯޅަޖެހިގޭގައެވެ. ފޯރަމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮންލައިންކޮށް ފޯމް ފުރޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. ދިވެހި ނަރުހުންގެ ޖަމިއްޔާއާއި، ކޮމިއުނިޓީ ނާސް ވޮލަންޓިއާޒް އަދި ޔޫތު މިނިސްޓްރީގެ ސޯޝަލް މީޑިއާ ހޭންޑުލްތަކުން އާއްމުކޮށްފައިވާ ލިންކަށް ވަދެގެން ނުވަތަ ކިއުއާރްކޯޑް ސްކޭންކޮށްގެން ވެސް އެ ފޯމް ފުރޭނެ އެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ