މާލެ: 31°C
އާއްމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ޕާކްކޮށްފައި ހުރި 163 އުޅަނދެއް ޓޯކޮށްފި

އާއްމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ޕާކްކޮށްފައި ހުރި 163 އުޅަނދެއް ޓޯކޮށްފި

June 15, 2024
2 ފަހަރު ބަލާފައި
އާއްމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ޕާކްކޮށްފައި ހުރި 163 އުޅަނދެއް ޓޯކޮށްފި
މާލެ މަގުތަކުގައި އާއްމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކް ކޮށްފައި ހުރި 163 އުޅަނދެއް ޓޯ ކޮށްފިއެވެ. ފުލުހުން ބުނީ އެ ތަކެތި ޓޯކުރީ އިއްޔެ އާއި ބުރާސްފަތި ދުވަހު ކަމަށެވެ. އެގޮތުން، މަގުތަކުގައި ގަވާއިދާއި ހިލާފަށް ބަހައްޓާފައި ހުރެގެން ނެގި 160 އުޅަނދަކީ ހަތަރު ފުރޮޅުލީ އުޅަނދުތަކެއް ކަމަށް ފުލުހުން ބުނެއެވެ. ޓޯ ކޮށްފައިވާ 163 އުޅަނދުގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގެ ކަޅުތުއްކަލާ ކޮށްޓާއި ހިސާބުން ފެށިގެން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައިވާ 84 އުޅަނދެއް ހިމެނޭ ކަމަށާއި އަމީނީ މަގު ދަރުބާރުގޭ ސަރަހައްދުން ފެށިގެން އައިޖީއެމްއެމްއެޗާއި ހަމައަށް އަދި ބޮޑުތަކުރުފާނު މަގު ސެނަހިޔާއާ ހިސާބުން ފެށިގެން މާގިރި ހޮޓެލްއާ ހަމައަށް އޮތް ސަރަހައްދުގެ އިތުރުން، އިއްޒުއްދީން މަގު ބަސް ސްޓޮޕް ކައިރި ހިމެނޭ ގޮތަށް ޖުމްލަ 79 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އިއްޒުއްދީނު މަގުން ނެގި އުޅަނދުތަކުގެ ތެރޭގައި ރެޖިސްޓްރީ ނުކުރާ އުޅަނދެއްވެސް ހިމެނޭ ކަމަށެވެ. މާލެ ސަރަހައްދުގައި ޕާކިން މައްސަލަ ހައްލު ކުރަން މިދިޔަ އަހަރުން ފެށިގެން ފުލުހުން އަންނަނީ މަގުމައްޗަށް ދޫކޮށްލާފައި ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ