އާމްދަނީ އިތުރުކުރަން އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ

އާމްދަނީ އިތުރުކުރަން އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ
ލިޔުން:
ބޭރު ފައިސާގެ އާމްދަނީ އިތުރު ކުރަން އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖީގެ ބަޔާނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ މުޙައްމަދު ޝަފީގު ވިދާޅުވީ 2025 ވަނަ އަހަރު ދަރަނީގެ ގޮތުގައި 500 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށާއި އަދި އެއްފަހަރާ 100 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށާއި 2026 ވަނަ އަހަރު އެއްފަހަރާ 500 މިލިއަންޑޮލަރު ދައްކަންޖެހޭއިރު އެއަހަރު ޖުމްލަ 1 ބިލިއަން ޑޮލަރު ދައްކަންޖެހޭކަމަށެވެ.
މިނިސްޓަރ ޑރ.މުޙައްމަދު ޝަފީގު ވިދާޅުވީ ދަރަނިދެއްކުމަށްޓަކައި އާމްދަނީ އިތުރުކުރަންޖެހޭ ކަމަށާއ އެކަން ކުރުމުގައި ސަރުކާރުގެ ވިސްނުންހުރީ ޓެކްސްތަކުން ރައްޔިތުންނަށް ބުރަ ނުވާނޭ ގޮތަށް އާމްދަނީ ހޯދުމުގެ މަސައްކަތްރޭވުންކަމަށެވެ. އެގޮތުން ޖީއެސްޓީއާއި ޓީޖީއެސްޓީ، ބީޕީޓީ އަދި ވިތުހޯލްޑިން ޓެކްސް ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭކަމަށްވެސް މިނިސްޓަރު ޑރ.މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.
މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ އާއްމުދަނީ އިތުރުކުރުމަށް އެއްމެ ބޮޑަށް ފޯކަސް ކޮށްފައިވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ޑޮލަރުގެ އަދަދު އިތުރު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖީގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވަނީ އިގްތިސާދަށް ތަފާތު ހަރަކާތްތައް އިތުރު ކުރުމާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި އެއާޕޯޓުން ނަގާ ފީތައް މުރާޖައާ ކުރުމާއި، ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ޖީއެސްޓީގެ އިދާރީ ގާނޫނު މުރާޖައާކޮށް ޓެކްސް ބޭސް ފުޅާކުރުމާއި އަދި ގްރީން ޓެކްސްގެ ރޭޓްތައް މުރާޖައާ ކުރުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
