މާލެ: 31°C
އާ އަހަރުގެ ތަހުނިޔާ ބޭރު ގައުމުތަކުގެ އިސްވެރިންނަށް ފޮނުއްވައިފި

އާ އަހަރުގެ ތަހުނިޔާ ބޭރު ގައުމުތަކުގެ އިސްވެރިންނަށް ފޮނުއްވައިފި

January 1, 2024
2 ފަހަރު ބަލާފައި
އާ އަހަރުގެ ތަހުނިޔާ ބޭރު ގައުމުތަކުގެ އިސްވެރިންނަށް ފޮނުއްވައިފި
މިއަދު ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާ ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ނަންފުޅުގައި ބޭރު ގައުމުތަކުގެ އިސްވެރިންނަށް ފޮނުއްވައިފި އެވެ. ރަހްމަތްތެރި ގައުމުތަކުގެ ވެރިންނަށް ރައީސް މުއިއްޒު ފޮނުއްވި މެސެޖްގައި އާ އަހަރުގެ މުނާސަބަތުގައި އެ ގައުމުތަކުގެ ވެރިންނަށާއި އެ ގައުމުތަކުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާ އެކު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި ކޮންމެ ގައުމެއްގެ ރައްޔިތުންނަށް ވެސް މިފެށޭ އާ އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވުމަށް އުންމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ހަމައެއާއެކު، މި ފެށިގެންދިޔަ އައު އަހަރު، އެ ގައުމުތަކާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއް ގައުމުން އަނެއް ގައުމަށްދޭ އެއްބާރުލުން އިތުރުވެގެންދިއުމަށް، އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ‌‌‏ރައީސް ވަނީ އާ އަހަރުގެ ތަހުނިޔާގެ މެސެޖު ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުގެ ވެރިންނަށް ވެސް ފޮނުއްވައިފައެވެ. އެގޮތުން ޔުނައިޓެޑް ނޭޝަންސް(އ.ދ)، ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)، އަދި ކޮމަންވެލްތް ފަދަ ޖަމިއްޔާތަކުގެ ވެރިންނަށް ވެސް އެމަނިކުފާނު ވަނީ އާ އަހަރުގެ ތަހުނިޔާ މެސެޖު ފޮނުއްވައިފައެވެ. ރައީސް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށާއި، ދުނިޔޭގެ ހާލަތު ރަނގަޅުކުރުމަށް އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ