މާލެ: 31°C

91 ޕަސެންޓް މީހުން ބޭނުން ވަނީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން!

December 1, 2022
2 ފަހަރު ބަލާފައި
91 ޕަސެންޓް މީހުން ބޭނުން ވަނީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން!
91 ޕަސެންޓް މީހުން ބޭނުން ވަނީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން!
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން ބޭނުންވާ ކަމަށް، އެޓާނީ ޖެނެރަލް ގެ އޮފީހުން ކުރި ސާވޭ އަކުން ދައްކައިފި އެވެ. އޭޖީ އޮފީހުން މިއަދު އާއްމުކުރި ކަރުދާހެއްގައިވާ ގޮތުން، ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމާއި މެދު، ފޯމެއްގެ ޒަރިއްޔާއިން އާއްމުންގެ ހިޔާލު ހޯދަން ހުޅުވައިލި ފުރުސަތުގައި ހިޔާލު ފާޅުކުރީ 115 މީހުންނެވެ. ފޯމެއްގައިވާ ސުވާލުތަކަށް ދޭ ޖަވާބުގެ ގޮތުގައި ހިޔާލުފާޅުކުރަން އޭޖީ އޮފީހުން ހުޅުވައިލީ އޮކްޓޯބަރު ފަހަކުން 20 އަށެވެ. އޭޖީ އޮފީހުގެ ކަރުދާހުގައިވާ ގޮތުން ހިޔާލުފާާޅުކުރި ފޯމު ފުރި 115 މީހުންގެ ތެރެއިން 105 މީހަކު ބުނީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން ފެންނަ ކަަމަށެވެ. އެއީ ހިޔާލުފާޅުކުރި މީހުންގެ 91.3 ޕަސެންޓް މީހުންނެވެ. ބަދަލުކުރަން ނުފެންނަ ކަމަށް ބުނީ 10 މީހުންނެވެ. އެއީ 8.7 ޕަސެންޓް މީހުންނެވެ.

ބަދަލުކުރަން ޖެހޭ ސަބަބުތައް

ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން ފެންނަ ކަމަށް ބުނި މީހުން އެގޮތަށް ޖަވާބު ދިން މައިގަނޑު ސަބަބުތައް ވެސް މިއަދު އާއްމުކުރި ކަރުދާހުގައި ބަޔާންކޮށްފައި އެބަ އޮތެވެ. އެއީ:
  • ކޮމިޝަނުގެ މަސައްކަތްތަކަަށް (ކޮމިޝަން މިހާރު އޮތް ގޮތުން ) ސިޔާސީ ނުފޫޒު ފޯރާފައި ވުން
  • ފަނޑިޔާރުން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުން
  • ކޮމިޝަނުގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ދައުރު ބޮޑުވުން
  • އުއްތަމަ ފަނޑިޔާރުގެ ދައުރެެއް ކޮމިޝަނުގައި ނެތުން
  • މަސްލަހަތު ފުށުއަރާ ހާލަތްތައް (ކޮމިޝަނުގެ މެމްބަރުންނަށް ) އޮތުން
  • ކޮމިޝަނުގެމުސްތަގިއްލުކަން ކަށަވަރުކުރުން މުހިއްމުވުން
ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމާ މެދު ހިޔާލު ހޯދި އިރު އެ ކޮމިޝަނުގެ އެކުލެވުން އޮންނަވީ ގޮޮތާއި މެދުގައި ވެސް ހިޔާލު ހޯދި އެވެ. އެގޮތުން އެ ކޮމިޝަނުގައި ފަނޑިޔާރުން ތިބުމާއި މެދު ހިޔާލު ހޯދާފައި ވެ އެވެ. އެ ސުވާލަށް ޖަވާބުދިން މީހުންގެ 51.3 ޕަަސެންޓް މީހުން ބުނެފައި ވަނީ ފަނޑިޔާރުން ތިބެން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް ބުނީ 48.7 ޕަސެންޓް މީހުންނެވެ. ޖޭއެސްސީގައި ފަނޑިޔާރުން ތިބެން ފެންނަ ކަމަށް ބުނި މީހުން، އެގޮތަށް ދެކޭ އެއް ސަބަބަކީ އެ ކޮމިޝަނަކީ ފަނޑިޔާރުންގެ ކަންތައްތައް ބަލަހައްޓާ ކޮމިޝަނަކަށް ވުމެވެ. ޝަރުއީ ދާއިރާ އޮންނަ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ފަނޑިޔާރުންނަަށް ކަމަށް ވުމަކީ ވެސް ކޮމިޝަނުގައި ފަނޑިޔާރުން ތިބެން ޖެހޭ ކަމަށް ދުށް ސަބަބެކެވެ. ކޮމިޝަނާއި ފަނޑިޔާރުންނާ ދެމެދު ކޯޑިނޭޝަން ރަނގަޅުވާނީ ކޮމިޝަނުގައި ފަނޑިޔާރުން ތިބެގެން ކަމަށް ވެސް ފަނޑިޔާރުން ތިބެން ފެންނަ ކަމަށް ބުނި މީހުން ދެކެ އެވެ. ޖޭއެސްސީގައި ފަނޑިޔާރުން ތިބެން ނުފެން ކަމަށް ބުނި މީހުން އެގޮތަށް ދެކޭ އެއް ސަބަަބަކީ ، ކޯޓްތަކުން ކުރާ ހުކުމްތަކަށް ޖޭއެސްސީގެ ނުފޫޒު އޭރުން ފޯރާނެ ކަމަށް އެމީހުން ދުށުމެވެ. ފަނޑިޔާރުންނަށް ފިޔަވަޅު އަޅަން ފަނޑިޔާރުންނަށް އުނދަގޫވާނެ ކަމަށް ދުށުމާއި އެހާލަތުގައި ވަކިއަަތަކަށް ބުރަވުމުގެ އިހުތިމާލު އޮންނާނެ ކަމަށް ގަބޫލުކުރެވުމަކީ ވެސް ޖޭއެސްސީގައި ފަނޑިޔާރުން ތިބެން ނުފެންނަ ސަބަބެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ