
85 އަހަރުގެ ދިގު ދިރާސާއިން ދެއްކީ އުފާވެރިކަން ގުޅިފައިވަނީ ބަދަހި ގުޅުމުގެ މައްޗަށްކަމަށް!
85 އަހަރުގެ ދިގު ދިރާސާއިން ދެއްކީ އުފާވެރިކަން ގުޅިފައިވަނީ ބަދަހި ގުޅުމުގެ މައްޗަށްކަމަށް!
ލިޔުން:
އިންސާނުންނަށް އުފާވެރިކަން ގެނެސްދެނެނީ ބަދަހި ގުޅުމުންކަމަށް، އިންސާނުން އުފާވަނީ ކޮންކަމަކުންތޯ ބެލުމަށް ކުރިއަށް ގެންދިއަޔަ 85 އަހަރުގެ ދިގު ދިރާސާއިން ދައްކައިފިއެވެ.
އެމެރިކާގެ ހާވަޑް ޔުނިވާސިޓީީން 1938 އިން ފެށިގެން ކުރިއަށްގެނެދިއަ މި ދިރާސާގައި 724 އާއިލާއެއްގެ 2000 އަށްވުރެ ގިނަ މީހުން ބޭނުންކޮށްފައިވެއެވެ. މިދިރާސާގައި އިސްކޮށް ޙަރަކާތްތެރިވި އެ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގެ ސައިކެޓްރިސްޓް ރޮބަޓް ވަލްޑިންގާ ބުނެފައިވަނީ އެ އާއިލާތަކުގެ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާއި ކުޑަކުދިންގެ ދިރިއުޅުމުގެ އާދަތަކާއި އެެހެނިހެން ކަން ބަލާފައިވާކަމަށެވެ. އެގޮތުން ރަނގަޅު ގުޅުންތަކާއި ގޯސް ގުޅުން ތަކާއި އެކަނިވެރިކަން ތަހައްމަލުކުރާ ފަރާތްތަކާއި ތަނަވަސް އަދި ފަގީރު މީހުންގެ ދިރިއުޅުމުގެ ކަންކަން ދިރާކޮށްފައިވާކަމަށެވެ.
އެގޮތުން މި ދިރާސާގެ ނަތީޖާއިން ހާމަވީ އިންސާނުން އެކަކު އަނެކަކާ އޮންނަ ގުޅުމުގެ ސަބަބުން އިންސާނާއަށް ލިބޭ އުފާވެރިކަން އޭނާގެ މުދާވެރިކާ އޭނާގެ ކާމިޔާބީތަކަށްވުރެ ބޮޑުކަމަށާއި އެކަނިވެރިކަމަކީ އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަ ހެޔޮކަމަށް ނުރަނގަޅު އަސަރުކުރާ ކަންތައްތަކެވެ. އަދި އިންސާނާއަށް އެންމެ އުފާވެރިކަން ލިއްބައިދޭ ކަމަކީ އެކަކު އަނެކަކާ އޮންނަ ގުޅުން ދެމެހެއްޓުން ކަމަށެވެ.
ވަލްޑިންގާ ބުނެފައިވާ ގޮތުން ކުޑައިރު ދިމާވާ ހިތްދަތިކަމުންނާއި އަދި ދުނިޔޭގެ ކަންކަމާދު ދެކޭ ނުރަނގަޅު ގޮތްތަކުާއި އަދި އިންސާނާ އަށް ދިމާވާ ކަންބޮޑުވުންތަކުން ކުރިމަތިވާ ހިތާމަތަކުން އަރައިގަތުމަށް އެންމެ މުހިންމުކަމެއްކަމަށް މި ދިރާސާއިން ދައްކަނީ އިންސާނާ އޭނާގެ ޙަޔާތަށް އިޚުތިޔާރުކުރާ ރަނގަޅު ބައިވެރިންނާއި ހެޔޮ އެދޭ ރަޙުމަތްތެރިންނާއި އަދި ބަދަހި އާއިލީ ގުޅުންތަކުގެ މައްޗަށްކަމެވެ.
އެހެންކަމުން ވަލްޑިންގާ ބުނެފައިވަނީ މީއީ އަމިއްލަ ނަފްސުގެ އުފަލަށްޓަކައި ގުޅުން ބަދަހި ކުރަންވީ ވަގުތުކަމަށާއި އެކަމަކީ އަމިއްލަ ނަފްސަށްޓަކައި ކުރެވޭނެ އެއްމެ ފައިދާބޮޑު ހޭދަކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
