މާލެ: 31°C
8 ސަފީރަކަށް ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

8 ސަފީރަކަށް ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

April 23, 2024
3 ފަހަރު ބަލާފައި
8 ސަފީރަކަށް ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި
ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފޮނުއްވި 8 ސަފީރަކަށް، ރުހުންދިނުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. އެ ބޭފުޅުންނަކީ؛ 1.  އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ހުސައިން ޝަރީފް 2.  އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. އިރުތިޝާމް އާދަމް 3.  އދ.ށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޑރ. އަލީ ނަސީރު މުޙައްމަދު 4.  ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް މައްސޫދު އިމާދު 5.  މެލޭޝިއާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. މަރިޔަމް ޝަބީނާ އަޙްމަދު 6.  ބެލްޖިއަމަށް ކަނޑައަޅުއްވާ ސަފީރުކަމަށް ގީލާ އަލީ 7.  ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް، ޑރ. ސަލްމާ ރަޝީދު 8. ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ލުވައިޒް ރުހުން ހޯއްދެވުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް 10 ނަން ފޮނުއްވާފައިވެއެވެ. ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ޖަލްސާގައި ވިދާޅުވީ، ދެ ބޭފުޅެއްގެ ވަނަވަރު އަދި ކޯޓުން ސާފު ނުވާތީ އެބޭފުޅުންގެ އިންޓަވިއު ނުބާއްވާ ކަމަށެވެ. ސަފީރުންގެ ގޮތުގައި އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން ކޮމެޓީން އަދި ގޮތެއް ނިންމާފައި ނުވަނީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް އައްޔަން ކުރައްވަން ފޮނުއްވާފައިވާ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރު ކަމަށް އައްޔަން ކުރައްވަން ފޮނުއްވާފައިވާ ޝިއުނީން ރަޝީދުއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ