މާލެ: 31°C

އިތުރު އަށް ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް ހަވާލުކޮށްފި

March 27, 2025
202 ފަހަރު ބަލާފައި
އިތުރު އަށް ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް ހަވާލުކޮށްފި
ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިތުުރު އަށް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިތުުރު އަށް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު 75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ވަނީ ހަވާލުކޮށްފަ އެވެ.

އެމްޓީސީސީ އާ ހަވާލުކުރީ 15 ރަށުގައި މަރުކަޒުތައް އެޅުމަށެވެ. އާރުޑީސީން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އަޅާނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައި ވަނީ އެމްޓީސީސީން އިތުރު ހަ ރަށުގައި އަދި ފެނަކައިގެ ފަރާތުން އިތުުރު އެއް ރަށާ އަދި އާރުޑީސީން އިތުރު އެއް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށެވެ.

ފުލުހުން ބުނީ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާ އެކު، މި މަޝްރޫއުގެ ދަށުން އެމްޓީސީސީންނާއި އާރުޑީސީން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާ އެކު ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރެވިގެންދާނެ ކަމަށެވެ.

މި އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ އިމާރާތްތަކުގެ ތެރޭގައި އެ ހިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި އަތޮޅު ފެންވަރުގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ރަށްރަށުގައި ފުލުހުންގެ ހިދުމަތް އަލުން ފެށުމަށާއި ތަރައްގީ ކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާ އަދި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީ ކުރުން ހިމެނޭކަން ވެސް ފާހަގަކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ