75 ރަށުގެ ކުނި މެނޭޖްކުރާ ވަސީލަތް ގާއިމްކުރުމަށް ހަވާލުކޮށްފި އެވެ.
ހުއްޓިފައިވާ މަޝްރޫއުތައް ހިމެނޭ ގޮތަށް، 75 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފއިވަނީ ސަރުކާރުގެ ކުންފުނިތައް ކަމަށްވާ އެމްޓީސީސީ އާއި އާރުޑީސީ އަދި ފެނަކައާއިއެވެ.
އެގޮތުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 26 ރަށެއްގައި ކުރިއަށްދާ ކުނި މެނޭޖުކުރުމުގެ މަޝްރޫއު އަޕްގްރޭޑުކުރާށެވެ. އަދި ފެނަކައާ ހަވާލުކޮށްފައި ވަނީ 22 ރަށެއްގައި ހިނގަމުންދާ ކުނި މެނޭޖްކުރުމުގެ މަޝްރޫއު އަޕްގްރޭޑްކުރުމާއި 3 ރަށެއްގައި މުޅިން އަލަށް އެ ހިދުމަތް ފެށުމަށެވެ. މީގެ އިތުރުން އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 20 ރަށެއްގެ މަޝްރޫއު އަޕްގްރޭޑްކުރުމާއި 4 ރަށެއްގައި އަލަށް އެ ހިދުމަތް ގާއިމުކުރާށެވެ.
މިދިޔަ ހަފްތާގައި ވެސް 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ވެމްކޯއާ ހަވާލުކޮށްފައި ވެއެވެ.







