މާލެ: 31°C

ހަތް ދުވަސްތެރޭ އަމީނީ މަގު ބިލަބޮންގާ ހިސާބަށް ހުޅުވާލަނީ

ހަތް ދުވަސްތެރޭ އަމީނީ މަގު ބިލަބޮންގާ ހިސާބަށް ހުޅުވާލަނީ
June 7, 2023
3 ފަހަރު ބަލާފައި
ހަތް ދުވަސްތެރޭ އަމީނީ މަގު ބިލަބޮންގާ ހިސާބަށް ހުޅުވާލަނީ
ކުރިޔަށްއޮތް ހަތް ދުވަހުގެ ތެރޭގައި މޫސުން ރަނގަޅުވެއްޖެނަމަ، މަގު ހުޅުވައިލުމުގެ ކުރިން ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ނިންމައި، ބިލަބޮންގް ސްކޫލާއި ހިސާބަށް ތާރު އަޅައިފައިވާ އަމީނީ މަގުގެ ސަރަހައްދު ދުއްވަން ހުޅުވައިލާނެކަމަށް އާރްޑީސީން ބުނެފިއެވެ. އާރްޑީސީން ބުނީ މިހާރު އަންނަނީ މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމާއި ލޭން ވަކިކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ކުރަހާ ނިމުމުން މިހާރު ވަނީ ސްޓެލްކޯއިން ފެށިގެން ކޮއިމަލާ ހިނގުމާ ހަމައަށް މަގު ހުޅުވައިލައިފައި ކަމަށް އާރްޑީސީން ބުންޏެވެ. އޭގެ އިތުރުން އާރްޑީސީން ބުނީ އަންނަ ހަފްތާ ބަންދުގައި ބިލަބޮންގާއި އެމްޑަބްލިއުއެސްސީއާ ހަމައަށް މަގު ބަންދުކޮށް ކޮނުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަކަމަށެވެ. އަމީނީ މަގުގެ ފުރަތަަމަ ހަތް ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

84 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާ ގޮތަށެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ