ރަށްރަށުގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި ކޮންމެ ރަށެއްގެ އެސެސްމަންޓެއް ހެދުމާއި، ކުއްލި ހާލަތުގައި އަމަލުކުރާނެގޮތުގެ ޕްލޭން އެކުލަވާލުމާއި، އަދި އެފަދަ ހާލަތެއްގައި ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އެކަން އަންގާ އަމަލުކުރާނެ ގޮތްތައް އެކުލަވާލުން ހިމެނެއެވެ.
އެންޑީއެމްއޭ އިން ވިދާޅުވީ، 64 ރަށެއްގެ އެމަޖެންސީ ރެސްޕޮންސް ޕްލޭން މިހާތަނަށް އެކުލަވާލާފައިވާ ކަމަށާއި "ޔޫއެސް އެއިޑް" އާއި "އޭ.ޑީ.ޕީ.ސީ ނެޓް" ގެ އެހީއާއެކު އިތުރު 7 ރަށެއްގެ ރެސްޕޮންސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މީގެތެރެއިން އެއް ރަށް ކަމަށްވާ، ގއ. ދެއްވަދޫގައި މިހާރުވެސް އޭގެ މަސައްކަތު ބައްދަލުވުންތައް އަންނަނީ ކުރިއަށްގެންދަމުންނެވެ. 5 ދުވަހަށް ކުރިޔަށްގެންދާ މި ޕްރޮގްރާމްގައި ރައްޔިތުން ހޭލުންތެރިން ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދެއެވެ. [embed]https://twitter.com/NDMAmv/status/1657987594649767937?s=20[/embed] މިފަދަ އެމަޖެންސީ އެކްޝަން ޕްލޭންތައް ރަށްރަށުގައި އެކުލަވާލާނީ ރަށުގެ ނާޒުކުރުކަމާއި، ގުދުރަތީ ކާރިސާތަކާއި ހާދިސާތައް ކުރިމަތިވާ މިންވަރަށް ބަލައި، އެ ރަށަކަށް އެންމެ ފައިދާވާނެ ގޮތަށެވެ. ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށްވުމުން، މިފަދަ ޕްލޭނެއް އޮވެ އެޔަށް އަމަލުކުރަން ފެށުމަކީ ކާރިސާގެ ވަގުތުގައި ރޭވުންތެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފަސޭހަ ވެެންދާނެ ކަމެއް ކަމަށް ޑިޒާސްޓަރ މެނޭޖްމަންތް އޮތޯރިޓީން ބުނެއެވެ.
64 ރަށެއްގައި ކުއްލި ހާލަތްތަކުގައި އަމަލު ކުރާނެ ޕްލޭންއެއް އެކުލަވާލައިފި
64 ރަށެއްގައި ކުއްލި ހާލަތްތަކުގައި އަމަލު ކުރާނެ ޕްލޭންއެއް އެކުލަވާލައިފި
ލިޔުން:
64 ރަށެއްގައި ކުއްލި ހާލަތްތަކުގައި ރަށު ފެންވަރުގައި އަމަލު ކުރާނެ ޕްލޭންއެއް އެކުލަވާލެވިފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތީރިޓީި (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ކޮންމެ ރަށެއްގައި ވެސް ކުއްލި ހާލަތުގައި އަމަލުކުރާނެގޮތުގެ ޕްލޭނަކާއި، އެކަމަށް މަސައްކަތް ކުރާ ކޮމިޓީއެއް އޮންނަންޖެހެއެވެ. ރަށްރަށުގައި މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެންޑީއެމްއޭ ގެ އެހީތެރިކަމާއިއެކުގައެވެ. އެގޮތުން މިކަމަށް ތައްޔާރުވުމަށް ރަށްރަށަށް ގޮސް، މުވައްސަސާތަކުން މި ޕްލޭނަށް އަމަލުކުރުމަށް މިހާރު ދަނީ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
