ރިޔާސީ އިންތިޚާބުގައި 604 ވޯޓު ފޮށި ބަހައްޓާނެ: އިލެކްޝަންސް

ރިޔާސީ އިންތިޚާބުގައި 604 ވޯޓު ފޮށި ބަހައްޓާނެ: އިލެކްޝަންސް
ލިޔުން:
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި 604 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީގެ އިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދު ތަކުގެ އިތުރުން ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް މިރޭ އީސީ އިން އިއުލާން ކުރާނެ ކަމަށެވެ.
ހަބީބް ވިދާޅުވީ، މާލޭގެ ރައްޔިތުން ވޯޓުލުމަށް 61 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށާއި، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލާން 77 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އަދި ރިސޯޓުތަކުގައި 78 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ އިރު، އަތޮޅުތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި އަދި ރާއްޖެ އިން ބޭރުގައި 9 ވޯޓު ފޮށި ބަހައްޓާނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
މީގެ އިތުރުން ޖަލުތަކުގައި ފަސް ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމައިފައި ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.
https://twitter.com/IsmailHabeeb/status/1678055835241689088
ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
