މާލެ: 31°C
6 ރޯދައަށް ސަރުކާރުގެ ރަސްމީ ގަޑިތައް ކަނޑައަޅައިފި

6 ރޯދައަށް ސަރުކާރުގެ ރަސްމީ ގަޑިތައް ކަނޑައަޅައިފި

April 11, 2024
3 ފަހަރު ބަލާފައި
6 ރޯދައަށް ސަރުކާރުގެ ރަސްމީ ގަޑިތައް ކަނޑައަޅައިފި
6 ރޯދައިގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިތައް ކަނޑައަޅައިފިއެވެ. ރައީސް އޮފީހުން ބުނީ ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ. މިއަހަރުގެ ރޯދަ މަހުގައި ވެސް ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ މިވަގުތެވެ. ރައީސް އޮފީހުން ވަނީ ރަސްމީ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އަންގަވާފައެވެ. މިއަހަރުގެ ރޯދަ މަހުގެ ފަހު 10 ދުވަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި އެއަށްފަހު ސަރުކާރު ރަސްމީކޮށް ހުޅުވޭނީ އަންނަ އާދީއްތަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ