މާލެ: 31°C

53 މިލިއަން ރުފިޔާ ދައްކަން ޔާމީންގެ މައްޗައްކުރި އަމުރުގެ އިސްތިއުނާފް ބަލައިގެންފި

53 މިލިއަން ރުފިޔާ ދައްކަން ޔާމީންގެ މައްޗައްކުރި އަމުރުގެ އިސްތިއުނާފް ބަލައިގެންފި
March 26, 2023
2 ފަހަރު ބަލާފައި
53 މިލިއަން ރުފިޔާ ދައްކަން ޔާމީންގެ މައްޗައްކުރި އަމުރުގެ އިސްތިއުނާފް ބަލައިގެންފި

ރިޝްވަތު ހިފުމާއި މަނީ ލޯންޑްރީގެ މައްސަލައިގައި ގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރުމަށް ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ދައުލަތުން، މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ޔާމީންގެ ފަރާތުން އަނބުރާ ހޯދުމަށް އެދިފައިވަނީ ލޯންޑާކުރި ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރާއި އެ ފައިސާ އިންވެސްޓްކޮށްގެން ޔާމީނަށް ލިބުނު ފައިދާގެ އަދަދެވެ. އެ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވީ މާޗް 13 ވަނަ ދުވަހު އެވެ. ޔާމީންގެ މައްޗަށް ކުރި ޖަލު ހުކުމް ވެސް ހައި ކޯޓު އިސްތިއުނާފްކޮށްފައިވެ އެވެ. ފެބްރުއަރީ 21 ގައި ހައި ކޯޓަށް އެ މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން ވަނީ އިސްލާހުކޮށްފައި އަލުން ހުށަހަޅަން އަންގައިފަ އެވެ. އޭގެ ފަހުން މާޗު 16 ގައި އިސްލާހުކޮށްފައި ހުށަހެޅި ނަމަވެސް އަދި އެ މައްސަލަ ރަޖިސްޓްރީ ކުރުމާ މެދު ކޯޓުން ވަކިި ގޮތެއް ނުނިންމަ އެވެ.

ކުރިގެ ރައީސް ޔާމީނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ވީ ނަމަވެސް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ ޝަރުތެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ