މާލެ: 31°C

5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ހަދަނީ

5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ހަދަނީ
September 11, 2024
2 ފަހަރު ބަލާފައި
5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ހަދަނީ

ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ހާބަރުތައް ތަރައްގީ ކުރުމާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓަރީއާއި މަސްވެރިކަމާބެހޭ މިނިސްޓަރީ އާއިި ދެމެދު މަޝްވަރާ ކޮށްފިއެވެ.

މިއަދު ދެ މިނިސްޓަރީގެ ދެމެދުގައި ބޭއްވި މިމަޝްވަރާތަކުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ފިޝަރީޒް މިނ ިސްޓަރީން ހާމަކޮށްފައިވާގޮތުގައި ސްޕޯޓްސް ފިޝިންގ ހާވބަރުތައް ގާއިމް ކުރުމުގެ މަސައްކަތަކީ މަސްވެރިކަން ސިންދަފާތު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢެކެވެ.

ފިޝަރީޒް މިނިސްޓަރީން ބުނެފައިވަނީ ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްގީ ކުރާނެ ތަންތަނާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރާ މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާކަމަށާއި، އެގޮތުން މިމަޝްރޫއު އަވަސްކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ