ފަސް ރަށަކަށް އައިސް ޕްލާންޓް ސަޕްލައިކޮށް އިންސްޓޯލްކޮށް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
ފިނޭންސްމިނިސްޓަރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ހއ. ދިއްދޫ އާއި، ކުޅުދުއްފުށި ސިޓީ އާއި، ށ. ކޮމަންޑު އާއި އއ. ރަސްދު އަދި ގދ. ރަތަފަންދޫ އަށް އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން އެ 5 ރަށަށް އައިސް ޕްލާންޓް ސަޕްލައިކޮށް އިންސްޓޯލްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލާފައި ވާކަމަށާއި، ބީލަމުގެ ބިޑް ސެކިއުރިޓީ އަށް 250،000 ރުފިޔާ ހުށަހަޅަން ޖެހޭ އިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުުގެ 11 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި ރަޖިސްޓްރޭޝަނަށް ފީގެ ގޮތުގައި 1،500 ރުފިޔާ ދައްކަން ޖެހެނެ ކަމަށްވެސް ބުނެފައިވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ އެ 5 ރަށުގައި އައިސްޕްލާންޓް ބަހައްޓަނީ މަސްވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމަށްޓަކައި ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ލިބިފައިވާ އެހީން ކަމަށެވެ.







