
5 ރަށެއްގައި އައިސް ޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ
5 ރަށެއްގައި އައިސް ޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ
ލިޔުން:
5 ރަށެއްގައި އައިސް ޕްލާންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނުގައި ވަނީ ހއ.ދިއްދޫ، ހއ.އިހަވަންދޫ ށ.ކޮމަންޑޫ، ގދ.ރަތަފަންދޫގެ އިތުރުން އއ.ރަސްދޫ ގައި 50 ޓަނުގެ އައިސް ޕްލާންޓް ހަދައި ދޭނެ ބަޔަކު ހޯދުމަށެވެ.
އެ މަސައްކަތް ކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު ޕްރީ ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައި ވާ ކަމަށާއި ބިޑް ހުޝަހެޅުން އޮންނާނީ އޮކްޓޯބަރ 20 ވަނަ ދުވަހު ކަމަށްވެސް އިއުލާނުގައި ވެއެވެ.
މި ޕްރޮޖެކްޓް ތަކަކީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
