މާލެ: 31°C
ފަހެއް އިންސައްތަ އިންޓަރެސްޓްގައިލޯނު ދޫކުރުމަށް އެޗްޑީއެފްސީއާއެކު ސޮއިކޮށްފި

ފަހެއް އިންސައްތަ އިންޓަރެސްޓްގައިލޯނު ދޫކުރުމަށް އެޗްޑީއެފްސީއާއެކު ސޮއިކޮށްފި

March 27, 2024
3 ފަހަރު ބަލާފައި
ފަހެއް އިންސައްތަ އިންޓަރެސްޓްގައިލޯނު ދޫކުރުމަށް އެޗްޑީއެފްސީއާއެކު ސޮއިކޮށްފި
އަލަށް ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރުމަށް އިއުލާނުކުރި "ހިޔާވެހި ފައިނޭންސް ސްކީމް" ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހައުސިންގ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނާއިއެކު މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ލޯނަކީ އަލަށް ގެދޮރު އަޅާ ފަރާތްތަކަށް ހާއްސަކޮށް 5 އިންސައްތަ އިންޓަރރެސްޓް ރޭޓްގައި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ލޯނެކެވެ. "ހިޔާވެހި ފައިނޭންސް ސްކީމް" ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެޗްޑީއެފްސީ އާއެކު ހައުސިން މިނިސްޓްރީން މިރޭ ސޮއިކޮށްފައިވާއިރު، އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުްނ ސޮއިކުރެއްވީ މިނިސްޓަރު އަލީ ހައިދަރެވެ. އެޗްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޒީނާދުއެވެ. ހައުސިން މިނިސްޓްރީން ބުނީ މި ސްކީމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އަމާޒުކޮށް ކަމަށެވެ. https://twitter.com/MHLUDmv/status/1773022089017954526 ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ބާވަތެއްގެ ލޯނެވެ. އަތޮޅުތެރޭ ރަށްތަކަށް ހާއްސަ ލޯން ސްކީމް:
  • މި ސްކީމުގެ ތެރެއިން އެންމެ މަތީ އަދަދެއްގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް މިލިއަން ރުފިޔާއެވެ.
ގްރޭޓަރ މާލޭ ރީޖަން ސަރަހައްދާއި ސަރުކާރުގެ އާބަން ސެންޓަރ ސަރަހައްދުތައް:
  • މި ސްކީމުގެ ދަށުން މި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ގެދޮރު އިމާރާތްކުރުމަށް އެންމެ މަތީ އަދަދެއްގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 3 މިލިއަން ރުފިޔާއެވެ.
އިއްޔެ ރޭ މާލޭގައި އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައި ޑރ.މުއިއްޒު ވިދާޅުވެފައިވަނީ، އަމިއްލަ ގޯތި އޮވެ ގެދޮރު އިމާރާތްކުރާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ މަސައްކަތް ނުކުރެވިތިބި އެތައް ބަޔަކު އެބަތިބި ކަމަށާއި އެފަދަ ފަރާތްތަކަށް ސަރުކާރުން އިންޓްރެސްޓް ރޭޓް ފަސް ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއްގައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން މިއަހަރުގެ ތެރޭގައި ލޯނުތައް ދޫކުރަން ފަށާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ