އެޗްޕީއޭއިން ބުނި ގޮތުގަ ، މާލޭ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ދަމަނަ ވެށީގައެވެ.
އައިޖީއެމްއެޗުން ވެކްސިން ޖަހައިދޭނީ ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 8.000 އިން 10:00 އަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށާއި ބުދަ ދުވަހުގެ ރޭގަނޑު 21:00 އިން 22:00 އަށެވެ.
އަދި ދަމަނަވެށިން ވެކްސިން ޖަހައިދޭނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އިން 13:30 އަށާއި އާދިއްތަ ދުވަހުގެ ރޭގަނޑު 21:00 އިން 22:00 ދެ އިތުރުން އަންގާރަ ދުވަހުގެ ރޭގަނޑު 21:00އިން 22:00 އަށެވެ.
[embed]https://twitter.com/HPA_MV/status/1646847666951983105[/embed] ކޮވިޑުން ދިފާއުވުމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަކުދިންނަށް ފައިޒާ ވެކްސިން ޖަހަން އެޗްޕީއޭއިން ފަށާފައިވަ އިރު، ބޮޑެތިމީހުނަށް ބޫސްޓާ ޑޯޒު ޖެހުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މަސް ތަކަކަށް ފަހު މިހާރު އަނެއްކާ ވެސް ކޮވިޑް އިތުރުވެފައިވާތީ އެބަލިން ރައްކާތރެިވުމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ދަނީ އަންގަމުންނެވެ.






