މާލެ: 31°C
400 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި

400 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި

March 4, 2024
2 ފަހަރު ބަލާފައި
400 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި
އެކި މައްސަލަތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންސްތަކުގައި އަތުލައިގަތް 425 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފިއެވެ. ފުލުހުން ބުނި ގޮތުގައި ދޫނިދޫގައި ނައްތާލީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 125 ކިލޯގެ މަސްތުވާތަކެތީގެ ތެރެއިން 103 ކިލޯއެވެ. އަދި ނައްތާ ނުލެވި ބާކީ ހުރީ 21 ކިލޯގެ މަސްތުވާތަކެތި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އިއްޔެ ނައްތާލީ 958 ކޭސްގައި ހިމެނޭ މަސްތުވާތަކެތި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 8293 ރަބަރު ޕެކެޓާއި 2731 ސެލޯފިން ކޮޅާއި ފިލްމު ހުސްކުރި 237 ދަޅާއި 585 ބުލެޓާއި 30 ބިޑިއެވެ. މީގެ އިތުރުން ވެސް މަސްތުވާތަކެތީގެ އެކި ބާވަތްތައް އަޅާފައި ހުރި ސާމާނު އަތުލައިގަނެފައިވެއެވެ.

ނައްތާލި 125 ކިލޯގެ މަސްތުވާތަކެތީގެ ތަފްސީލް:

  • ހެރޮއިން 66012.5786
  • ކެނަބިސް 14304.4729
  • މެތް 6873.7369
  • ކޮކެއިން 9769.0366
  • ކެނިނޯން 6251.7878
  • ކެޓަމިން 463.6739
  • އެލްއެސްޑީ 0.0424
މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގުކުރުމަށް ގާނޫނީ ގޮތުން ބެހެއްޓުމަށް ލާޒިމްކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ނައްތާލަނީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ