މާލެ: 31°C

40 އަހަރަށް ވުރެ ގިނަދުވަހު ފޮރިން މިނިސްޓްރީއަށް ހިދުމަތް ކުރެއްވި އާބިދާ ނިޔާވެއްޖެ

May 8, 2023
2 ފަހަރު ބަލާފައި
40 އަހަރަށް ވުރެ ގިނަދުވަހު ފޮރިން މިނިސްޓްރީއަށް ހިދުމަތް ކުރެއްވި އާބިދާ ނިޔާވެއްޖެ
40 އަހަރަށް ވުރެ ގިނަދުވަހު ފޮރިން މިނިސްޓްރީއަށް ހިދުމަތް ކުރެއްވި އާބިދާ ނިޔާވެއްޖެ
ފޮރިން މިނިސްޓްރީއަށް 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އާބިދާ ނިޔާވެއްޖެއެވެ. އުމުރުފުޅުން 66 އަހަރުގެ އާބިދާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި އޭނާގެ ކަށުނަމާދު އޮތީ މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ. އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓްރީ އާ ވަކިވެގެން އެ ދިޔައީ ހާރިޖީ ޓީމުގެ އެއް ތަނބު ކަމަށެވެ. އަދި 40 އަހަރަށް ވުރެ ގިނަ ދުވަހު ޓީމުގެ މުހިންމު ބައެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ހިދުމަތްތެރިކަމާއި، ވަފާތެރިކަމާއި، ލޯތްބާއި، ޝައުގުވެރިކަމާއެކު މަސައްކަތް ކުރެއްވި ބޭކަނބަލެއް ކަން ވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، އާބިދާ އަކީ އެންމެންގެ އެކުވެރިއެއް ކަމަށާއި އޭނާގެ ހަނދާން މިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށެވެ. "އާބި ނެތްކަމުގެ އިހުސާސް އަބަދުވެސް ވާނެ. މާތްﷲ ސުބުހާނަހޫ ވަތައާލާ މަރްހޫމާގެ ފާފަފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. އާބިގެ އާއިލާއަށާއި ގާތްތިމާގެ އެންމެނަށް މި ހިތްދަތި ދަނޑިވަޅުގައި ކެތްތެރިކަން ދެއްވާށި. އާމީން." މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. [embed]https://twitter.com/abdulla_shahid/status/1655437240666054656?s=20[/embed] އާބިދާ ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1978 ވަނަ އަހަރު މުލީއާގޭ މެއިޑެއްގެ ގޮތުގައެވެ. އެއަށްފަހު 26 ސެޕްޓެންބަރު 1983 ގައި އޭނާ ވަޒީފާ އަދާކުރައްވަން ފެއްޓެވީ މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ގޮތުގައެވެ. އަދި 1985 އިން ފެށިގެން ފޮރިން މިނިސްޓްރީގައި ހިދުމަތް ކޮށްދޭން ފެށުނެވެ. ފޮރިން މިނިސްޓްރީގައި އާބިދާ އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ އިދާރީ ހިންގުމާބެހޭ ބައިގައެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ