24,885,684.00 ރުފިޔާގެ އަގަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 240 ދުވަސް ތެރޭގައި ނިންމާގޮތަށް ކަނޑައާޅާފައެވެ.
ހިންމަފުށީ ގެ ގިރާސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން، އެރަށުގެ ދެކުނު ފަރާތުން ގިރަމުންދާ ސަރަޙައްދުގައި 160 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 53 މީޓަރުގެ ބޮޑުހިލަ ގްރޮއިން އަދި 127 މީޓަރުގެ ބޮޑުހިލަ ބޭރުތޮށިލުން ހިމެނެއެވެ. އަދި މީގެ އިތުރުން، އެ ސަރަހައްދުގައި ލަފާ ފުރުމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ބަނދަރު ބޮޑުކުރެވި އަދި ރަށުގެ އުޅަނދުތައް އެހެލުމައްޓަކައި ބޯޓުބީޗިން އޭރިއާއެއް ހެދިގެން ދާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.11,807,280.36 ރުފިޔާގެ އަގަށް މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ކުޅުދުއްފުށީ ޖެޓީ އެކްސްޓެންޝަން ގެ މަސައްކަތުގެ ދަށުން، ރަށުގެ ބަނދަރުގައި ގާއިމްކޮށްފައިވާ ލަކުޑި 7 ޖެޓީއެއް އިތުރު 4 މީޓަރަށް ދިގުކުރުމާއި ޖެޓީތައް ދެމެދު ލަކުޑި ޕްލެޓްފޯމް ގާއިމްކުރުމާއި ސެޕަރޭޝަން ވޯލްގެ ބައެއް ވަރުގަދަކުރުމާއި މިހާރު ގާއިމްކޮށްފައިވާ ފްލޯޓިންގ ޕްލެޓްފޯމްތަކުގެ ޕައިލްތައް 75.0 މީޓަރަށް ދިގުކުރުން ހިމެނެއެވެ.13,072,687.20 ރުފިޔާގެ އަގަށް މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 250 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަނޑައަޅާފައެވެ.
އަދި ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން، އެރަށުގެ ހުޅަނގު ފަރާތު ބަނދަރުގެ އުތުރުން ބަދަރު ބޮޑުކުރުން، ބަނދަރު ނެރުފައިކަށި ދިގުކުރުމަށް 168 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި، ބަނދަރު ބޮޑުކުރާ ބައިގެ 200 މީޓަރު ބޮޑުހިލަ ބޭރުތޮށި، ބެކްފިލް ކުރާބައިގެ 130 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 246 މީޓަރުގެ ބޮޑުހިލަ ގްރޮއިން، 249 މީޓަރުގެ ކީވޯލް، 86 މީޓަރުގެ ޖެޓީގެ މަސައްކަތް ހިމެނެއެވެ.މީގެ އިތުރުން، މި މަސައްކަތުގެ ދަށުން އެރަށުގައި ފާހަގަކުރެވިފައިވާ ލަފާ ފުރުމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ބަނދަރު ބޮޑުކުރެވި އަދި ރަށުގެ އުޅަނދުތައް އެހެލުމައްޓަކައި ބޯޓުބީޗިން އޭރިއާއެއް ހެދިގެން ދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
79,022,724.12 ރުފިޔާގެ އަގަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާގިތަށް ކަނޑައަޅާފައެވެ.
އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.






