
4 ނޭޝަންސް ކަޕް ގައި ކުޅޭ ރާއްޖޭގެ ޓީމްގެ ޖާޒީ ރައީސަށް ވެދުމަށް އަރުވައިފި
4 ނޭޝަންސް ކަޕް ގައި ކުޅޭ ރާއްޖޭގެ ޓީމްގެ ޖާޒީ ރައީސަށް ވެދުމަށް އަރުވައިފި
ލިޔުން:
މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތް ކަމުގައިވާ 4 ނޭޝަންސް ކަޕްގެ ރާއްޖޭގެ ޓީމްގެ ޖަރޒީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވެދުމަށް އަރުވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސަށް އެ ޖާޒީ ރައީސަށް ވެދުމަށް އެރުވީ މިދިޔަ ހަފްތާގައި ރައީސް އޮފީހުގައި ބޭއްވި ހަފުލާއެއްގަ އެވެ.
ފޯ ނޭޝަމްސް ކަޕަކީ ސިންގަޕޫރާއި، މެލޭޝިޔާއާއި އަދި އަފްޢާނިސްތާނާއި ރާއްޖޭގެ ގައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތެކެވެ. އެ މުބާރާތަކީ ދެ ޖިންސުގެ މީހުންނަށް ބައިވެރިވޭ ގޮތަށް އިންތިޒާމް ކޮށްފައިވާ މުބާރާތެކެވެ. އެ މުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ. އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ.
ސޯޝަލް ސެންޓަރުގައި ބާއްވަން ހަމަޖެހިފައިވާ އެ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އިންވިޓޭޝަނަލް ވޮލީ މުބާރާތެވެ. އެ މުބާރާތް ބާއްވާނީ މި މަހުގެ 23 ވަނަ ދުވަހުން 27 ވަނަ ދުވަހަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވައުދެއްގެ ގޮތުގައި ކުޅިވަރު ދާއިރާ ރާއްޖޭގައި ފުޅާކުރުމާއި އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރު ކުރިއެރުވުމަކީ މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި 4 ނޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ އަންހެން ގައުމީ ވޮލީ ޓީމާއި ފިރިހެން ޓީމް ދަނީ ތައިލެންޑްގައި ކޭމްޕްކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
