މާލެ: 31°C

4 މީހުންނާއި އެކު ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަނީ

4 މީހުންނާއި އެކު ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަނީ
May 4, 2023
2 ފަހަރު ބަލާފައި
4 މީހުންނާއި އެކު ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަނީ

މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓު ހަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފި އެވެ.

"މ. ސާވާރީ" ނަމަކަށް ކިޔާ އެ ބޯޓުގެ ހަބަރެއް ނުވެގެން އެ ކަން މިއަދު ހެނދުނު 6:30 ހާއިރު އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާކަމަށް އެމްއެންޑިއެފްއިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ އިދާރާއަށް މައުލޫމާތު ލިބިފައިވަނީ އެ ބޯޓު ދަތުރު ކުރަމުން އައީ ދެ ދިވެހީންނާއި ދެ ބިދޭސީން ކަމަށެވެ.

މ. ދިއްގަރު ކައުންސިލުން މީޑިއާ އަށް މައުލޫމާތު ދީފައިވާގޮތުގައި އެ ބޯޓުގެ ކައްޕިއަކީ އެ ރަށު މީހެކެވެ. ނަމަވެސް ކައްޕިއަށް ނުގުޅޭ ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

އެންމެ ފަހުން ބޯޓުގެ ކަނެކްޝަން ލިބިފައިވާ ކަމަށް ވަނީ ރޭ މެންދަމު 1:30 ހާއިރެވެ. އެންމެ ފަހުން  ބޯޓު އޮތްކަމަށްމަުއުލޫމާތު ލިބުނީ ކ.ގުރައިދޫ ބޭރުން 10 މޭލު ދުރުން ކަުަގައި އެމްއެންޑިއެފްއިން ބުންޏެވެ.

އެމްއެންޑީއެފުން ހެލިކޮޕްޓަރު ވެސް ބޭނުންކޮށްގެން ވެސް ބޯޓު ހޯދުމުގެ މަސައްކަތް ކުރާމުންދެއެވެ.

ކަމޑުމަތީގެ ހާދިސާތައް ހިނގާއިރު،  މިދުވަސްކޮޅު، މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމުމަށް  މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ