ހަތަރު މީހުންނާއިއެކު ދަތުރު ކުރި ދޯންޏެއް ފަރަކަށް އަރާ، ދިޔަވެ އަޑިއަށްދާތީ އެމްއެންޑިއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ތ. ދިޔަމިގިއްޔަށް ދަތުރުކުރި "މާކުރީ 7" ދޯނި ތ. ވިލިފުށީގެ ހުޅަނގު އުތުރުން ހަ މޭލު ބޭރުން ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
[embed]https://twitter.com/MNDF_Official/status/1652888646398398464[/embed]ދޯންޏަށް އެހީތެރިވުމަށް ސިފައިންގެ ކޯސްޓްގާޑުން އެސަރަހައްދުގައި މަސައްކަތްކުރަމުން އެބަދެއެވެ.
މިހާދިސާއާ ގުޅޭ އިތުރު މައުލޫމާތު އަދި ނުލިބެއެވެ.






