4 ރަށެއްގެ ހޮސްޕިޓަލް އިމާރާތާއި 4 ރަށުގެ ސިއްޙީ މަރުކަޒު އިމާރާތެއްގެ އިތުރުން ކުޅުދުއްފުށި ސިޓީ ދަމަނަވެށި އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހދ. ހަނިމާދޫ ހޮސްޕިޓަލާއި، އދ. މާމިގި ހޮސްޕިޓަލާއި، ކުޅުދުއްފުށި ދަމަނަވެށި އަދި ކ. ގާފަރު ސިއްޙީ މަރުކަޒު އިމަރާތް އެޅުމަށް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.
އެގޮތުން ހެލްތު މިނިސްޓްރީއާއި އާރުޑީސީ އާއި ދެމެދު ވެވުނު އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިނގ ޑީރެކްޓަރ ބްރިގޭޑިއަރ ޖެނަރަލް ރިޓަޔަރޑް ޢަލީ ޒުހެއިރުއެވެ.
މީގެ އިތުރުން ތ. ވިލުފުށި ހޮސްޕިޓަލާއި، ވ. ފެލިދޫ ހޮސްޕިޓަލާއި، ށ. މާއުނގޫދޫ ސިއްޙީ މަރުކަޒާއި، އަދި ނ. ފޮއްދޫ ސިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮސްފައިވަނީ އެމްޓީސީސީ އާއިއެވެ.
އެގޮތުން އެ މަސައްކަތްތަށް ހަވާލުކުރުމަށް ވެވުނު އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އެސިސްޓެންޓް ކޮމިނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
މީގެ އިތުރުން ހދ. މަކުނުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ. އެގޮތުން އެމަސައްކަތުގެ އެއްބަސްވުމުގައި ހެލްޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމްއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހްއެވެ.
މަސައްކަތް ހަވާލުކުރި ރަށްތައް:
ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި
ޕްރޮޖެކްޓުގެ އަގު: 23,113,061.08ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 26,819,434.82ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ހދ. ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 104,834,778.55ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105,004,634.47ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 26,878,072.40ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 27,219,325.40ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105,360,655.93ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105,132,701.20ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 103,595,304.83ރ
ކޮންޓްރެކްޓަރ: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް







