4 އަނބިން ބެއިތިއްބުމަށްފަހު ބާކީ ތިބި އަނބިން ވަރި ނުކުރުމުން ޖަލަށްލީ ނައިޖީރިއާ މީހަކު ޖަލުން މިނިވަންކޮށްފި

4 އަނބިން ބެއިތިއްބުމަށްފަހު ބާކީ ތިބި އަނބިން ވަރި ނުކުރުމުން ޖަލަށްލީ ނައިޖީރިއާ މީހަކު ޖަލުން މިނިވަންކޮށްފި
ލިޔުން:
ރިޕޯޓްތައް ބުނާ ގޮތުން ނައިޖީރިއާގެ ސިހުރުވެރިއެއްކަމަށްވާ މަސާބާ އަކީ މިހާރުވެސް 107 އަނބިންނާ ކައިވެނިކޮށްގެން އުޅޭ 185 ދަރިންގެ ބައްޕައެކެވެ. އުމުރުން 87 އަހަރުގެ މަސާބާގެ އާއިލާއަކީ މިހާރުވެސް 5،000 އަށް ވުރެ ގިނަ މީހުންގެ މައްޗަށްއެކުލެވޭ ބޮޑު އާއިލާއެކެވެ. އޭނާ ބޭނުންވަނީ ދުނިޔޭގައި އެންމެ ގިނަ އަނބިންނާ ކައިވެނިކުރި މީހާއަށްވާށެވެ.
ނައިޖަރ ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން އިސްލާމްދީނުގެ އަސާސްތަކާ ޙިލާފަށް އަނބިން ގިނަކުރުމަށް މަސާބާ ހިންގާ އަމަލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް މީގެ 3 އަހަރު ކުރިން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދުނިޔޭގެ އެންމެ ގިނަ އަނބިންނާ ކައިވެނިކުރި މަސާބާއަށް 4 އަނބިން ބޭތިއްބުމަށްފަހު ދެންތިބި އަނބީން ވަރިކުރުމަށް އަމުރުކޮށްފައެވެ.
މަސާބާ އެކަމަށް ދެކޮޅު ހެދުމުން ޝަރީއާ ކޯޓުން ވަނީ އޭނާ ރަށުން ބޭރަށް ދިއުމަށް އަމުރުކޮށްފައެވެ. ނަމަވެސް މަސާބާ އެގޮތަށް އަމަލުނުކުރުމުން 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުން ވަނީ މަސާބާގެ ގެތައް ބަލައި ފާސްކޮށް އޭނާ ހިފަހައްޓައި ޖަލަށް ލާފައެވެ. އެއާއެކު މަސާބާ ޖަލުގައި ހުއްޓައި އޭނާގެ 11 އަންބަކު ބަނޑުބޮޑުވުމާއެކު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާފަރާތްތަކުން އޭނާ ދޫކޮށްލުމަށް ގޮވާލައި މުޒާހަރާކުރަންފެށިއެވެ. އެންމެ ފަހުން މަދަނީ ހައްގުތަކަށް ވަކާލާތުކުރާ ވަކީލުންތަކެއް ކުރި މަސައްކަތުން މަސާބާ ބަނީ ކަފާލާތުގެ ދަށުން ޖަލުން މިވަންވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
