
39 މީހުންނާއެކު ދަތުރުކުރި ލޯންޗެއްގެ ބެޓެރި ގޮވައި ހަ މީހަކު ޒަހަމްވެއްޖެ
39 މީހުންނާއެކު ދަތުރުކުރި ލޯންޗެއްގެ ބެޓެރި ގޮވައި ހަ މީހަކު ޒަހަމްވެއްޖެ
ލިޔުން:
ކ.އެރިއަދޫ ކައިރި ކަނޑުމަތިން 39 މީހުންނާއެކީ ދަތުރު ކުރަމުން ދިޔަ ލޯންޗެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ހަ މީހަކު ޒަހަމް ވެއްޖެ އެވެ.
އެމްއެންޑީއެފް އިން މިނިވަންއަށް ބުނީ އެ ލޯންޗްގައި ގޮވާފައިވަނީ ލޯންޗްގެ ބެޓެރިއެއް ކަމަށެވެ.
މިނިވަން އަށް މައުލޫމާތު ލިބުނު ގޮތުގައި ގޮތްނޭންގޭ އެއްޗެއް ގޮވާފައި ވަނީ ކްރިސްޓަލް ސްޕީޑް ނަމަކަށް ކިޔާ ލޯންޗަކުން ނެވެ.
މިނިވަންއަށް ލިބިފައިވާ ވިޑިއޯއަކުން ފެންނަގޮތުގައި ލޯންޗުގައި ތިބި ދެމީހެއްގެ ފައި ވަނީ ވަަރަށް ބޮޑަށް ފިހި ޒަހަމްވެފަ އެވެ.
މިހާދިސާގެ އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އެމްއެޑީފް އިން ބުންޏެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، އެ ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
.....
ކިޔުންތެރިންގެ ސަމާލުކަމަށް

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް

ހއ ދިއްދޫގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
