
38 ރަށެއްގެ ކައުންސިލަށް އެސްޖީއިން ހޯދަން އިއުލާންކޮށްފި
38 ރަށެއްގެ ކައުންސިލަށް އެސްޖީއިން ހޯދަން އިއުލާންކޮށްފި
ލިޔުން:
38 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް ހޯދަން ސިވިލް ސާރވިސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.
ސިވިލް ސާވިސް ،ކޮމިޝަނުން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްހެ މަގާމަށް މީހުން ނަގަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ ޒެޑްވީ ސެވެން ގެ ތިނަކާއި ހަތަރެކެވެ. ޒެޑްވީ 3 އަކަށް މުސާރައިގެ ގޮތުގައި 16،100ރ އަދި ޒެޑްވީ 4 ހަމަޖެހިގައިވަނީ 15،285ރ އެވެ. މި މަގާމަކީ ފަސް އަހަރުގެ ދައުރެއް އޮންނަ މަގާމެކެވެ. މިމަގާމަކީ އިދާރީގޮތުން އެންމެ އިސްވެރިއާއެވެ. މި މަގާމުގެ ޒިންމާއާއި އުސޫލުތަކުގެ ތަފުސީލު ގެޒެޓު ކުރެވިފައިވެއެވެ.
މިމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހަމަވާނެ އެވެ. ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަކީ އަސާސީ ޝަރުތު ހަމަވާނަމަ %30 ، އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމަށް %5 ، އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ އަށް %5 ، އާއި އިމްތިހާން އަށް %25، އަދި މީގެ އިތުރުން އިންޓަވިއު އަދި ޕްރެސެންޓޭޝަން އަށް %35 އެވެ.
އެސްޖީ އިން ހޯދުމަށް މިހާރު އިއުލާން ކޮށްފައިވާ ރަށްތަކަކީ މިހާރު އެއްގޮތަކަށްވެސް އެމަގާމުގައި މީހަކު ނެތް ރަށްރަށާއި އަދި ކުރިން އެސްޖީއަކު ހުރި ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ މިހާރު މަގާމު ހުސްވެފައިވާ ރައްތަކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
