
35 އަހަރުގެ އަސްކަރީ ހިދުމަތައް ފަހު ބްރިގޭޑިއާ ޖެނެރަލް އަބްދުލްމަތީން ރިޓަޔާ ކުރައްވައިފި
35 އަހަރުގެ އަސްކަރީ ހިދުމަތައް ފަހު ބްރިގޭޑިއާ ޖެނެރަލް އަބްދުލްމަތީން ރިޓަޔާ ކުރައްވައިފި
ލިޔުން:
35 އަހަރަށްވުރެ ގިނަދުވަހު ހިދުމަތްކުރެއްވުމަށްފަހު، ބްރިގޭޑިއަރ ޖެނެރަލް އަބްދުލްމަތީން އަހްމަދު، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފިއެވެ.
ބަންޑާރަކޮށީގައި ބޭއްވި އެ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީއެވެ.
އެ ހަފްލާގައި މިނިސްޓަރ މާރިޔާ ވަނީ ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު، މަތީން އާއި ހަވާލުކޮށްދެއްވާފައެވެ.
[embed]https://twitter.com/CDFofMNDF/status/1660486239852847104?s=20[/embed]
ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހްމަދު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓުތަކުގެ ކޮމާންޑަރުންް ވަނީ ބައިވެރިވެފައެވެ. އަދި އޭނާގެ އާއިލާގެ މެންބަރުންނާއި، ގިނަ އަދަދެއްގެ ސިފައިން ވެސް ވަނީ ބައިވެރިވެފައެވެ.
މަތީން ސިފައިންގެ ހިދުމަތާއި ގުޅުނީ 1987 ވަނަ އަހަރުގެ ޖުލައި މަހުގެ 01 ވަނަ ދުވަހުއެވެ. އެގޮތުން ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވައިފައިވާއިރު، އޭނާ ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައި ވަނީ ދިފާއީ ވުޒާރާގެ އިދާރީ އަދި ހިންގުމުގެ ދާއިރާގައެވެ.
ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވިއިރު މަތީން ހުންނެވީ މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ އޮފް ޑިފެންސްގެ މަގާމުގައެވެ.
ސިފައިންގެ ހިދުމަތުގައި ހޯދައިދެއްވި ކާމިޔާބީތައް އަގުވަޒަންކުރުމުގެ ގޮތުން މަތީން އަށް ވަނީ 11 މެޑެއްޔާއި 12 ކުލަ ލިބިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
