34،680 މީހުން ބަރަހާނާ ޓެލެގްރާމް ޗެނަލްތަކަށް ފައިސާ ދައްކައިގެން ޗެނަލް ސަބްސްކުރައިބް ކޮށްފައިވޭ: ފުލުހުން

34،680 މީހުން ބަރަހާނާ ޓެލެގްރާމް ޗެނަލްތަކަށް ފައިސާ ދައްކައިގެން ޗެނަލް ސަބްސްކުރައިބް ކޮށްފައިވޭ: ފުލުހުން
ލިޔުން:
ބަރަހާނާ ފޮޓޯ އާއި ވީޑިއޯގެ ވިޔާފާރި ހިންގާ މައްސަލާގައި 3 މީހަކު ބަންދުކޮށް އެކަމާ ގުޅުންހުރި ޓެލެގްރާމް ޗެނަލްތަކެއް ބަންދުކޮށް އެކަމުގެ މައުލޫމާތު އިއްޔެ ފުލުހުން ހާމަކޮށްފައިވާއިރު އެފަދަ ޗެނަލް ތަކަށް ފައިސާ ދައްކއިގެން ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ އަދަދުވެސް އިއްޔެ ފުލުހުން ވަނީ ހާމަކޮށްފައެވެ.
އިއްޔެ ފުލުހުން ފުރަތަމަ ހާމަކުރި މައުލޫމާތުގައި ޗެނަލް ތައް ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ އަދަދު ގޯސްކޮށް ޖެހިފައިވާތީ އެ އަދަދު ފަހުން ވަނީ އިސްލާހު ކޮށް އެކަން ހާމަކޮސްފައެވެ.
އެގޮތުން ފުރަތަމަ ފުލުހުން ނެރުނު މައުލޫމާތުގައި ވަނީ 3،468 މީހުން އެ ޗެނަލްތައް ސަބްސްކުރައިބް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަހުން ފުލުން ވަނީ ރަނގަޅު އެ ޗެނަލް ތައް ސަބްސްކުރައިބް ކޮށްފައިވާ މީހުންގެ ރަނގަޅު އަދަދކީ 34،680 ކަމަށްބުނެފައެވެ.
ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތުން ދޭހަވަނީ ރާއްޖޭގައި ސްމާޓް ފޯނު ބޭނުންކުރާ އާބާދީގެ ބޮޑު އަދަދެއް އެފަދަ ޗެނަލްތަކަށް ފައިސާ ދައްކައިގެން އޭގެ ބޭނުން ހިފަމުންދާކަމެވެ.
ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން
ބަރަހާނާ ފޮޓޯ އާއި ވީޑިއޯގެ ވިޔާފާރި ހިންގާ މައްސަލާގައި ފުލުހުން ބަންދުކުރި 571 ޓެލެގްރާމް ޗެނަލްގެ ތެރެއިން 43 ޗެނަލަކީ ކުޑަކުދިންގެ ބަރަހާނާ ބަރަހާނާ ފޮޓޯ އާއި ވީޑިއޯގެ ވިޔާފާރިއަށް ހާއްސަ ޗެނަލްތައް ކަމަށް ފުލުހުން ބުނެފިއެވެ.
އަދި އެ ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 2 ލައްކަ ސާޅީސް ހާހަށްވުރެ ގިނަ ފޮޓޯއާއި 86 ހާހަށްވުރެ ގިނަ ވީޑިއޯ ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.
އަދި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ވެސް ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި ވަކިން ހާއްސަކޮށް ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާކަމަށްވެސ ބުނެފައިވެއެވެ.
މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާކަމަށާއި، އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާކަމަށް ބުނެފައިވެއެވެ.
އަދި ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތާއެކު ފުލުހުންވަނީ އެ ގޮތަށް މީސްމިޑިއާގައި ފޮޓޯއާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކޮށްދެއްވުން އެދިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
