މާލެ: 31°C

300 އާއިލާއަކަށް އެހީވާން މޮމްސް އެއިޑް ޖަމިއްޔާއިން ހުޅުވާލަިފި

300 އާއިލާއަކަށް އެހީވާން މޮމްސް އެއިޑް ޖަމިއްޔާއިން ހުޅުވާލަިފި
March 11, 2023
2 ފަހަރު ބަލާފައި
300 އާއިލާއަކަށް އެހީވާން މޮމްސް އެއިޑް ޖަމިއްޔާއިން ހުޅުވާލަިފި
ފުދުންތެރިކަން ކުޑަ 300 އާއިލާއަކަށް އެހީވާން މޮމްސް އެއިޑް ޖަމިއްޔާއިން އިން ހުޅުވާލަިފިއެވެ. މޮމްސް ޖަމިއްޔާއިން ބުނީ، ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުމަށް މަމްސް އެއިޑްގެ 'ކެއާ ލިސްޓު' ގައި ރަޖިސްޓްރީ ކޮށްފައިވާ ނިކަމެތި އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ "ރަމަޟާން އެއިޑް" ކެމްޕެއިން ފަށާފައިވާ ކަމަށެވެ. 300 އަށްވުރެ ގިނަ އާއިލާ މި އަހަރު ވެސް ވަނީ މޮމްސް އެއިޑްގެ ކެއާ ލިސްޓްގައި ރަޖިސްޓްރީކޮށްފައެވެ. އެ އާއިލާތަކުގެ ތެރޭގައި 'ކެއާ ލިސްޓު' ގައި ރަޖިސްޓްރީ ކޮށްފައިވަނީ އެކަނިވެރި މައިންނާއި ބަފައިން، ޔަތީމު ކުދިނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ. އަދި މީގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުން ވެސް ތިބޭ އާއިލާތަކުންނެވެ. އެހީ ދިނުމުގެ ކެއާ ޕެކޭޖްތައް ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ
  • ތިން ދުވަހުގެ ރޯދަ ވީއްލުން - 300ރުފިޔާ
  • 5 ދުވަހުގެ ރޯދަ ވީއްލުން - 500 ރުފިޔާ
  • ތިން މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުމަށް - 1،000ރުފިޔާ
  • ފަސް މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުމަށް - 1،500ރުފިޔާ
ރޯދަ މަހު އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރަން ޖެހެނީ މަމްސް އެއިޑްގެ ރުފިޔާ އެކައުންޓް 7730000294482 އަދި ޑޮލަރު އެކައުންޓު 7730000294483 އަށެވެ. މޮމްސް ޖަމިއްޔާއިން ބުނީ އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އޮންލައިންކޮށް ފައިސާ ޓްރާންސްޕާ ކުރެވޭނެ ކަމަށެވެ.

ނިކަމެތި އާއިލާތަށް ކުރިއެރުމަށް މަސައްކަތް ކުރާ 'މޮމްސް' ޖަމިއްޔާއިން މީގެ ކުރިން ވެސް ވަނީ މި ފަދަ ގިނަ ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެކަނި އުޅޭ ނިކަމެތި ތިން އާއިލާއަކަށް ބޯހިޔާވަހިކަން ހޯދައިދީ އެމީހުންނަށް ހިތްފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތް ހަމަޖައްސައި ދީފައިވެއެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ