
30 މީހުނާ އެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި
30 މީހުނާ އެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި
ލިޔުން:
މީހުންނާއެކު ނ. އަތޮޅު ވެލިދޫއަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ގޮސްފިއެވެ.
[embed]https://twitter.com/MNDF_Official/status/1672925445619351552[/embed]
އެމްއެންޑީއެފް އިން ބުނީ، މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ "ލީޖަން 7" ނަމަކަށް ކިޔާ ލޯންޗަކަށް ރާޅެއް އަރައި، ދިޔަވަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 11:50 ހާއިރު ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވެއެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ލޯންޗަށް ރާޅު އަރާފައިވަނީ ރަންދެލި ރިސޯޓު ކައިރިންނެވެ. އަދި ލޯންޗު އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފައިވާ ކަމަށްވެސް އެމްއެންޑިއެފް އިން ބުންޏެވެ.
ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުން، ރިސޯޓުގެ ފަޅުތެރެއަށް ލޯންޗު ވަނީ އަޑިއަށް ގޮސްފައެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ސްކޮޑްރަންގެ ހާބަރ ކްރާފްޓް، ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށިކަމަށް އެމްއެންޑިއެފް އިން ބުންޏެވެ.
އަދި ރަންދެލި ރިސޯޓުގެ ޑައިވަރުންނާއި، ރިސޯޓުގައި އޮތް "ރީފްލައިން" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިންނާއެކު، ކޯސްޓްގާޑުގެ ޑައިވަރުން ލޯންޗު ފެނުން މައްޗަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންީއެފް އިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
