މާލެ: 31°C
3 މަސް ތެރޭގައި 19 ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތްދޭން ފަށައިފިން: ފުލުހުން

3 މަސް ތެރޭގައި 19 ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތްދޭން ފަށައިފިން: ފުލުހުން

February 24, 2024
4 ފަހަރު ބަލާފައި
3 މަސް ތެރޭގައި 19 ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތްދޭން ފަށައިފިން: ފުލުހުން
މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ސަރުކާރުގެ ހަފުތާ 14 ގައި ހުޅުވަން ހަމަޖެހިފައިވާ 19 ޕޮލިސް ޕޯސްޓު ހުޅުވައި އެ ރަށްރަށުގައި ފުލުހުން ގާއިމުވެތިވެ ހިދުމަތްދޭން ފަށައިފިއެވެ. ފުލުހުން ބުނީމި 19 ޕޮލިސް ޕޯސްޓުގެ ތެރެއިން ގއ. ކޮނޑޭގައި އިއްޔެ ހުޅުވިގެން ދިޔަ ޕޮލިސް ޕޯސްޓާއެކު، މިމަހު އެކަނިވެސް 9 ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވާފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ މިހާތަނަށް ޕޮލިސް ޕޯސްޓް ހުޅުވާފައިވާ 19 ރަށުގެ ތެރޭގައި ހއ. ފިއްލަދޫ، ހދ. ކުރިނބި، ހދ. ނެއްލައިދޫ، ށ. ޅައިމަގު، ނ. ޅޮހި، ނ. ހެނބަދޫ، ނ. މާޅެންދޫ، ނ. މިލަދޫ، ބ. މާޅޮސް، ބ. ކިހާދޫ، ބ. ކުޑަރިކިލު، ބ. ހިތާދޫ،  ވ. ތިނަދޫ އަދި ވ. ފުލިދޫ، ދ. ހުޅުދެލި، ތ. ވަންދޫ، ތ. ގާދިއްފުށި، ލ. މާބައިދޫގެ އިތުރުން ގއ. ކޮނޑޭ ހިމެނެއެވެ. ފުލުހުން ބުނި ގޮތުގައި ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ހިދުމަތް މިހާތަނަށް ގާއިމުވެފައި ނުވާ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ