
ތިން އެއާޕޯޓެއް އަޕްގްރޭޑް ކުރުމަށްޓަކައި ފައިނޭންސް ކުރުމަށް ފުރުސަތު ހުޅުވާލައިފި
ތިން އެއާޕޯޓެއް އަޕްގްރޭޑް ކުރުމަށްޓަކައި ފައިނޭންސް ކުރުމަށް ފުރުސަތު ހުޅުވާލައިފި
ލިޔުން:
ކްރޮސް ސަބްސިޑީގެ ދަށުން ތިން އެއާޕޯޓެއް އަޕްގްރޭޑް ކުރުމަށްޓަކައި ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ޕްލޭނިންގ މިނިސްޓްރީން ހުޅުވާލައިފިއެވެ.
ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން އަޕްޑޭޓް ކުރަން ހަމަޖެހިފައިވަނީ މަޑިވަރު އެއާޕޯޓާއި ދާލު އެއާޕޯޓުގެ އިތުރުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ކަމަށް ޕްލޭނިންގ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.
އެގޮތުން މަޑިވަރު އެއާޕޯޓަށް ހޭދަވާނެ ކަމަށް މިނިސްޓްރީން އަންދާޒާ ކުރަނީ 15،000،000 ޑޮލަރު ކަމަށްވާއިރު، ފައިނޭންސް ކުރުމަށް ހުށަހެޅޭނީ މަދުވެގެން 5،000،000 ޑޮލަރު ކަމަށް މިނިސްޓްރީން ބުނެއެވެ.
ދާލު އެއާޕޯޓަށް 50،000،000 ޑޮލަރު ހޭދަވާނެ ކަމަށް މިނިސްޓްރީން ލަފާކުރާއިރު، މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ދަށްވެގެން ހުށަހެޅޭނީ 5،000،000 ޑޮލަރެވެ.
އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ހޭދަވާނެ ކަމަށް މިނިސްޓްރީޏް އަންދާޒާ ކުރަނީ 30،000،000 ޑޮލަރެވެ. މި މަޝްރޫއަށްވެސް ފައިނޭންސް ކުރަން ދަށްވެގެން ހުށަހެޅޭނީ 5،000،000 ޑޮލަރެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނި ގޮތުގައި އެއަރޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނެއެވެ.
އެހެންކަމުން މިކަމަށް ޝައިގުވެރިވާ ފަރާތްތަކުން މި އިއުލާން އާއެކު އެއްކަރުދާސް ކުރެވޭ "އެޕްލިކޭޝަން ފޯމް" ގެ ހުރިހައި ބައިތަކެއް ފުރިހަމަކުރަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
