މާލެ: 31°C

3.5 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި

3.5 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި
September 18, 2024
2 ފަހަރު ބަލާފައި
3.5 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި
3.5 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

ކަސްޓަމްސް އިން ބުނީ، މެލޭޝިއާ އެއަރލައިންސްގެ ފްލައިޓަކުން ރާއްޖެ އައި ދިވެހި ފިރިހެނެއްގެ އަތުން 3.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށާއި، އެ މީހާއާއި އަތުލެވުނު ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

ކަސްޓަމްސްއިން ބުނީ، މަސްތުވާތަކެތި އަތުލައިގެންފައި ވަނީ، އިއްޔެ ރާއްޖެ އައި އެއަރ ކާގޯ ޝިޕްމަންޓަކާއި، މެލޭޝިއާ އެއަރލައިންސްގެ ފްލައިޓް ނަންބަރު MH485 އިން ދަތުރުކުރި ފަސިންޖަރެއްގެ އަތުން ކަމަށެވެ.

އަތުލެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ، 3,058 ގްރާމުގެ ހެރޮއިން އާއި 315 ގްރާމުގެ މެތުއެމްފެޓަމިންގެ އިތުރުން 215 ގްރާމުގެ ސިންތެޓިކް ކެތިނޯން އެވެ.

މި ތަކެއްޗަކީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވުނު ހިނދު، ފުރަތަމަ މަރުހަލާގައި ކުރެވުނު ޓެސްޓުތަކުން މި ތިން ބާވަތަށްވެސް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނީ، މި މައްސަލަ އިތުރަށް ބަލާ ތަހުގީގުކުރުމަށް، ޝައްކުކުރެވޭ މީހާއާއި އަތުލެވުނު މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ