މާލެ: 31°C

26 ހަފްތާގައި ވިއްސި، ތުއްތު ކުއްޖަކު ސަލާމަތްކޮށްފި

26 ހަފްތާގައި ވިއްސި، ތުއްތު ކުއްޖަކު ސަލާމަތްކޮށްފި
April 16, 2023
2 ފަހަރު ބަލާފައި
26 ހަފްތާގައި ވިއްސި، ތުއްތު ކުއްޖަކު ސަލާމަތްކޮށްފި

ބަނޑަށް އެންމެ 26 ހަފްތާ ގައި ވިއްސާ، ޓްރީ ޓޮޕް ހޮސްޕިޓަލުން  ތުއްތު ކުއްޖަކު ސަލާމަތްކޮށްފި އެވެ.

ދުވަސް ނުފުރާ ވިހޭ އެ ތުއްތު ކުއްޖާއަކީ 26 ހަފްތާގައި ވިއްސައި ފަރުވާދިން ފުރަތަމަ ކުއްޖާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ތުއްތު ކުއްޖާ އުފަންވި އިރު ބަރުދަނުގައި އެއްކިލޯ ވެސް ހަމަނުވެއެވެ.

ދެ މަސް ދުވަހުގެ ފަރުވާ އަށް ފަހު މައިމީހާ އާއި ތުއްތު ކުއްޖާ މިހާރު ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މީގެ ކުރިން ވެސް ދުވަސް ނުފުރާ އެ ހޮސްޕިޓަލުން ވިއްސާފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ދުވަސް ނުފުރާ ވިހެއުމަކީ މާބަނޑު މީހާގެ ބަނޑަށް 37 ހަފްތާވުމުގެ ކުރިން ވިހެއުމެވެ. ދުވަސް ނުފުރާ އުފަންވާ ކުދިންނަށްް ގިނަ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ