މާލެ: 31°C

24 ދަޅު ބަނގުރާ މަގުމައްޗަށް އެއްލާލާފައި ފިލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާ މަގުމައްޗަށް އެއްލާލާފައި ފިލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
July 6, 2023
2 ފަހަރު ބަލާފައި
24 ދަޅު ބަނގުރާ މަގުމައްޗަށް އެއްލާލާފައި ފިލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ ގެންނަކަމަށް ފުލުހުންނަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ މާލެއަށް އެ ކާރު އައުމުން، ބުރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ކާރު މަޑުނުކޮށް ދިއުމުން ގަލޮޅު ޕޮލިހުން އެ ކާރު ފަހަތުން ގޮސް ކާރު ހުއްޓުވި ކަމަށެވެ. އަދި ސީގަލް ކަންމަތިން ކާރު ހުއްޓުވައި ކާރުގައި ތިބި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކުރި ކަމަށެވެ. އަދި ކާރު މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ގޮސް، އެ މީހުން ގެންގުޅުނު ކޮތަޅެއް ފިލިގަސް މަގަށް އެއްލާލި ކަމަށާއި، އެ ކޮތަޅު ބަލައިފާސްކުރި އިރު 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ