މާލެ: 31°C

200 އަށްވުރެ ގިނަ ވެހިކަލް ޓޯކޮށްފި

February 16, 2025
183 ފަހަރު ބަލާފައި
200 އަށްވުރެ ގިނަ ވެހިކަލް ޓޯކޮށްފި
މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ އޮޕަރޭޝަނެއްގައި 235 އުޅަނދު ޓޯކޮށްފި އެވެ.
މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ އޮޕަރޭޝަނެއްގައި 235 އުޅަނދު ޓޯކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެ ޓޯކުރީ 201 ސައިކަލު، ހަތަރު ފުރޮޅުލީ 31 އުޅަނދު އަދި 3 ބައިސްކަލެވެ.

ފުލުހުން މަސައްކަތްކުރީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ވެސް އެހީތެރިކަން ހޯދި އެވެ.

މިދިޔަ 2024 ވަނަ އަހަރު ޖުމްލަ 15،514 އުޅަނދު ވަނީ ޓޯ ކޮށްފަ އެވެ. އެއީ 11،645 ސައިކަލާއި 2،567 ކާރާއި 478 ޕިކަޕާއި 367 ވޭން އަދި 87 ޓްރަކެވެ. އޭގެ ތެރެއިން 13،562 އުޅަނދު އޭގެ ވެރިފަރާތާ ހަވާލުކުރިއިރު، 546 އުޅަނދު ނައްތާލާފައިވާ ކަމަށް ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ