މިދިޔަ މަހުގެ 24 އިން އިއްޔެގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 42 ސްކޫލަކުން، ޖުމްލަ 120 ދަރިވަރުން ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ، 80 ފިރިހެން ދަރިވަރުންނާއި 40 އަންހެން ދަރިވަރުންނެވެ.މީގެ އިތުރުން އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް ހިމެނޭހެން ޖުމުލަ 16 ކެޑޭޓުން ވަނީ މި ކޭމްޕަށް ޒިޔާރަތްކޮށްފައެވެ.
މިރަސްމިއްޔާތުގައި، ކޭމްޕްގެ ވަނަވަނައަށް ހޮވުނު ކެޑޭޓުންނަށް ތަށްޓާއި ޝީލްޑް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާން ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.
މި ކެޑޭޓް ކޭމްޕްގައި ކިޔަވައިދިން މާއްދާތަކުގެ ތެރޭގައި ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، ބޭސިކް ފަޔަރ ފައިޓީންގ، ލީޑަރޝިޕް އަދި މެރިޓައިމް ސްޓަޑީޒް ހިމެނެއެވެ. މި ކޭމްޕްގައި ކިޔަވާދެއްވީ މޯލްޑިވްސް ނޭޝަނަލް ޑިފެންްސް ފޯސްގެ މުދައްރިބުންނެވެ.
ކޭޑޭޓް ކޭމްޕްގެ މަގްސަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖްތަމައަށް ފާއިދާހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމާއި، ހަރުދަނާ އަޚުލާގާއި ރިވެތި ސުލޫކެއްގެ ވެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙު އާލާކޮށް ދިރުވުމާއި، ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމުގެ އިތުރުން މައިންބަފައިންނާއި މުދައްރިސުންގެ ބަސް ގަބޫލުކުރާ ކިޔަމަންތެރި ކުދިބަޔަކު އުފެއްދުމެވެ.
މީގެ އިތުރުން، ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުސަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓޫންނަށް ތަޢާރަފް ކޮށްދިނުން ވެސް މި ކޭމްޕްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ކޭމެޕްގެ ޕާސިންގ އައުޓް ޕެރޭޑް ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް ޙިލްމާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޣިޔާޘް އާއި ކެޑޭޓް ކޯރގެ އެޖުޓަންޓް ލެފްޓިނެންޓް ކާނަލް މުޙައްމަދު ނާޒިމްއާއި، މިކޭމްޕްގެ ކޮމާންޑަރ މޭޖަރ އަޙްމަދު ޖަމީލްއާއި، ޗީފް އިންސްޓްރަކްޓަރ ކެޕްޓަން މުޙައްމަދު ހުޝާމު މޫސާއާއި، އެގްޒެކެޓިވް އޮފިސަރ ސާޖަންޓް މޭޖަރ ޢަބްދުﷲ ޖަމީލާއި، ކޭމްޕްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ ސާޖަންޓް މޭޖަރ މުޙައްމަދު ޒުލާލާއި، އެމްއެންސީސީގެ އޮފިސަރުންގެ އިތުރުން ކެޑޭޓް އިންސްޓްރަކްޓަރުންނާއި ކޭމްޕްގެ އެންމެހާ ދަރިވަރުން ބައިވެރިވިއެވެ.







