
23 ފުޅި ބަނގުރަލާއެކު އެމްޓީސީސީގެ ބަހެއްގެ ތެރެއިން ތިން ބިދޭސީއަކު ހައްޔަރުކޮއްފި
23 ފުޅި ބަނގުރަލާއެކު އެމްޓީސީސީގެ ބަހެއްގެ ތެރެއިން ތިން ބިދޭސީއަކު ހައްޔަރުކޮއްފި
ލިޔުން:
23 ބަނގުރާފުޅިއާއީ އެކު ތިން ބިދޭސީއަކު އެމްޓީސީސީ ބަހެއް ތެރެއިން ހައްޔަރުކޮއްފިއެވެ.
ފުލުހުން ބުނީ، މި ތިން މީހުން ހައްޔަރު ކޮށްފައިވަނީ، ބަހެއްގެ ތެރޭގައި ބަނގުރާ ގެންގުޅޭ ކަމަށް ފުުލުުހުންގެ އިންޓެލިޖެންސަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ބަލާ ފާސް ކުރުމުން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާޔަށް ނިސްބަތްވާ 3 މީހެކެވެ. އެއީ 30 އަހަރުގެ މީހަކާއި، 34 އަހަރުގެ މީހަކާއި އަދި 38 އަހަރުގެ މީހެކެވެ.
އެގޮތުން، އުމުރުން 38 އަހަރުގެ ޗޯޓޭލާލް، އަތުން ދެ ފުޅި ބަނގުރާ ފެނިފައިވާއިރު، އުމުރުން 35 އަހަރުގެ އެމަލުމަލައި ތަންގާރުޖު އަތުން 500 އެމްއެލްގެ ފަސް ފުޅި ބަނގުރާ ފެނިފައިވެއެވެ. މީގެ އިތުރުން އުމުރުން 30 އަހަރުގެ ސިވަނަންދަން ޗިންނާ ތަންބީ އަތުން ފެނިފައިވަނީ 16 ބަނގުރާ ފުޅިއެވެ.
ފުލުހުން މިތިން މީހުން ހައްޔަރު ކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭގެ ތެރެއިން ދެމީހަކަށް ވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައެވެ. އަދި އެކަކު ވަނީ ފަސް ދުވަހުގެ މުއްދަތު ޖަހާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
