
2023 ގައި ވެރިކަން ކުރައްވާނީ ގާސިމް: އިލްހާމް
2023 ގައި ވެރިކަން ކުރައްވާނީ ގާސިމް: އިލްހާމް
ލިޔުން:
މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަން ކުރައްވާނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެޕާޓީގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްޙާމް މިހެން ވިދާޅުވީ، ޖޭޕީގެ ދެކުނު ދާއިރާގެ ފަރާތުން އެ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާއެއްގައެެވެ.
އިލްހާމް ވިދާޅުވީ ގާސިމަކީ މީހަކަށް އަނިޔާވެރިވެ، ދެރަ ގޮތެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެއީ މި ގައުމުގެ ހައްގުގައި މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ޓެސްޓް ކުރައްވަން ލިބިވަޑައިގަންނަވާ ފުރަތަމަ ފަހަރު މިއީ. އެމަނިކުފާނަށް ވޯޓެއް ދެއްވަންވީ." ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ، ގާސިމްގެ ދެކުނު ކެމްޕއެިން މެނޭޖަރު އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ގާސިމަކީ އޯގާތެރި، ކުލުނުވެރި ލީޑަރެއްކަމަށެވެ. އަދި ހުރިހާ ދާއިރާއަކަށް ބެލި ކަމުގައި ވިޔަސް، ފެންނަނީ ގާސިމްގެ ހިދުމަތްތެރި މަސައްކަތްތައް ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
"ބަނދަރަށް ބެލިޔަސް، ފްލައިޓަށް ބެލިޔަސް، ދެން ކޮން އެއްޗެއްތޯ ނެތީ؟ އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ، ހިދުމަތް ނުކުރައްވާ އެއްވެސް ދާއިރާއެއް ނޯންނާނެ މި ގައުމުގައި." އިލްހާމް ވިދާޅުވިއެވެ.
މީގެ އިތުރުން އިލްހާމް ވިދާޅުވީ އިލްހާމް ވިދާޅުވީ ގާސިމް ވަޑައިގަންނަވާނީ ރައްޔިތުންނަށް އުފާވެރި ހަބަރުތަކަަކާ އެކުގައި ކަމަށެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވާ އިރު، އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްއެންޕީގެ ޓިކެޓުގައި ނާޒިމް ވާދަކުރައްވާކަން މިހާރު ވަނީ ޔަގީން ވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
