
ޒަކާތުފަންޑުން ބޭސްފަރުވާއަށް ތިން އަހަރުން 35 މިލިޔަން ރުފިޔާ
ޒަކާތުފަންޑުން ބޭސްފަރުވާއަށް ތިން އަހަރުން 35 މިލިޔަން ރުފިޔާ
ލިޔުން:
ބޭސްފަރުވާއަށް ޒަކާތު ފަންޑުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މީހުންގެ ބޭސްފަރުވާއަށް އެހީތެރިވާން ޒަކާތު ފަންޑުން ޖުމްލަ 35 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިސްލާކިމް މިނިސްޓްރީން ބުނެފި އެވެ.
ޒަކާތު ފަންޑުން ވެއަތުވެ ދިޔަ ތިން އަހަރު ބޭސްފަރުވާއަށް ކުރި ހަރަދުގެ ތަފުސީލު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އެ ތަފުސީލު ލިޔުމުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އިސްލާމިކް މިނިސްޓަށް ހުށަހަޅުއްވާފައިވާ ސުވާލަކަށް ދެއްވި ޖަވާބެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ ފުދުންތެރިކަން ނެތް މީހުންނަށް ބޭސްފަރުވާ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ، " ފުދުންތެރިކަން ނެތް މީހުނަށް ޒަކާތުފަންޑުގެ ދަށުން އެހީތެރިކަން ދިނުމުގެ އުސޫލު" ގެ ދަށުން، ޒަކާތުގެ ބެހެނިވެރިންގެ ތެރޭގާ ހިމެނޭ ފަގީރުންނާއި މިސްކީނުންގެ ބައިގެ ތެރެއިންންކަމަށެވެ.
އެގޮތުން ވެއަތުވެ ދިޔަ ތިން އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް ކޮށްފައިވާ ހަރަދުގެ ތަފްސީލަކީ :
2019 ވަނަ އަހަރު 22،578،835.77 ( ބާވީސް މިލިއަން ފަސްލައްކަ ހަތްދިހަ އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ ހަތްދިހަ ހަތްލާރި )
2020 ވަނަ އަހަރު 6،335،337 ( ހަ މިލިއަން ތިންލައްކަ ތިރީސް ފަސްހާސް ތިންސަތޭކަ ތިރީސް ހަތް ) ރުފިޔާ އަދި
2021 ވަނަ އަހަރު 7،023،499 ( ހަތް މިލިއަން ތޭވީސް ހާސް ހަތަރުސަތޭކަ ނުވަދިހަ ނުވަ ) ރުފިޔާ އެވެ.
މިނިސްޓަރު މިއަދު މިތަފްސީލު ހާމަކުރައްވާފައިވާ އިރު، ޒަކާތު ފަންޑުގެ އެހީގެ ދަށުން ތެލެސީމިއާ ކުދިންގެ ބޯން ބެރޯ ހެދުމަށް ވެސް މިސަރުކާރުން ޕްރޮގްރާމެއް ހިންގަމުންދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
