މާލެ: 31°C
200 ފޫޓުގެ ރޭޑިއޯ ޓަވަރެއް ވަގަށްނެގުމުން އެމެރިކާގެ އަލަބާމާ ސްޓޭޓްގެ ރޭޑިއޯސްޓޭޝަނެއް ހުއްޓިއްޖެ

200 ފޫޓުގެ ރޭޑިއޯ ޓަވަރެއް ވަގަށްނެގުމުން އެމެރިކާގެ އަލަބާމާ ސްޓޭޓްގެ ރޭޑިއޯސްޓޭޝަނެއް ހުއްޓިއްޖެ

May 13, 2024
3 ފަހަރު ބަލާފައި
200 ފޫޓުގެ ރޭޑިއޯ ޓަވަރެއް ވަގަށްނެގުމުން އެމެރިކާގެ އަލަބާމާ ސްޓޭޓްގެ ރޭޑިއޯސްޓޭޝަނެއް ހުއްޓިއްޖެ
އެމެރިކާގެ އަލަބާމާ ސްޓޭޓްގެ ކުޑަ ޓައުނެއްކަމަށްވާ ޖެސްޕަރ ގައި ހިންގަމުންއަންނަ ޑަބްލިއު.ޖޭ.ޑއެލް.އެކްސް ރޭޑިއޯ ސްޓޭޝަންގެ ރޭޑިއޯ ޓަވަރ ވަގަށް ނަގައިފިއެވެ. ފެބްރުއަރީ 2 ވަނަ ދުވަހު ކުއްލިއަކަށް ރޭޑިއޯ ގެ ޙިދުމަތް މެދުކެނޑުމާއެކު އެ ސްޓޭޝަނުގެ މެއިންޓަނަންސް ޓީމް ރޭޑިއޯ ޓަވަރ ހުންނަ ތަނަށް ދިޔައިރު 200 ފޫޓްގެ ރޭޑިއޯ ޓަވަރ ވަނީ ވަގަށް ނަގާފައެވެ. އަދި ޓީމަށް އެތަނުން ފެނުނީ ކޮށާލާފައިވާ ކޭބަލްތައް އެކަންޏެވެ. ޓަވަރުގެ އެއްވެސް ބައެއް އެ ހިސާބުން ފެންނާކަށްނެތެވެ. އެކަމާ ގުޅިގެން ފުލުހުންނަށް އެކަން ރިޕޯޓްކުރިނަމަވެސް ޓަވަރ ވަގަށްނެގި ފަރާތެއް އަދިވެސް ވަނީ ނުހޯދިފައެވެ. އަދި އެ ރޭޑިއޯ ސްޓޭޝަނުން ވަނީ 200 ފޫޓުގެ ރޭޑިޢޯ ޓަވަރެއް ގެންގުޅޭ ފަރާތެއް ފެނިއްޖެނަމަ އެ ސްޓޭޝަނަށް ރިޕޯޓްކުރުމަށް އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ