މާލެ: 31°C

20 ރަށެއްގައި ސޯލާ ޕެނަލް ގާއިމްކުރާނެ ބަޔަކު ހޯދަނީ

20 ރަށެއްގައި ސޯލާ ޕެނަލް ގާއިމްކުރާނެ ބަޔަކު ހޯދަނީ
May 15, 2023
2 ފަހަރު ބަލާފައި
20 ރަށެއްގައި ސޯލާ ޕެނަލް ގާއިމްކުރާނެ ބަޔަކު ހޯދަނީ
އަތޮޅުތަކުގެ 20 ރަށެއްގައި 20 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ސޯލާ ޕެނަލް ގާއިމުކުރުމަށް، އެކަން ކުރާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ. މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީގެ "އެކްސެލެރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ" (އެޝުއަރ) ޕްރޮޖެކްޓުގެދަށުން ހިންގާ މަޝްރޫއުއެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާގޮތަށް ހުޅޫވާލެވޭ މި މަޝްރޫއުގައި އަތޮޅުތަކުގެ އާބާދީ ބޮޑެތި ރަށްތަކާއި، އާބާދީ މަދު ރަށްތަށް ހިމެނެއެވެ. ސޯލާ ޕެނަލް ހަރުކުރާނެ ރަށްތައް:

1. ހއ.ދިއްދޫ 2. ހދ.ހަނިމާދޫ 3. ށ.މިލަންދޫ 4. ނ.މަނަދޫ 5. ނ.ހޮޅުދޫ 6. ނ.ވެލިދޫ

7. ބ.ދަރަވަންދޫ 8. ބ.ތުޅާދޫ 9. ރ.އަލިފުށި 10. ރ.ހުޅުދުއްފާރު 11. މ.މުލި 12. މ.މުލަކު 13. މ.ވޭވަށް 14. މ.ރަތްމަންދޫ 15. ފ.ނިލަންދޫ 16. ތ.ގުރައިދޫ 17. ތ.ތިމަރަފުށި 18. ގއ.މާމެންދޫ 19. ގދ.ގައްދޫ 20. ގދ.ފަރެސްމާތޮޑާ

އޮގަސްޓްމަހުގެ 14 ވަނަ ދުވަހާ ހަމައަށް މި މަަޝްރޫއަށް ބީލަން ހުށައެޅުމަށް ހުޅުވާލާފައިވެއެވެ. އިއާދަކުރަނިވި ހަކަތައިގެ ނިޒާމަށް ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާއިރު، މިއަހަރު ނިމޭއިރު 42 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފަައިވަނީ ކުރިއަށް އޮތް 2 އަހަރު ނިމޭއިރު، ރާއްޖޭގެ 39 ރަށެއްގެ އިންޖީނުތައް ދުވާލުގަޑީގައި މުޅިން ނިވާލައިގެން ހިދުމަތްދެވޭވަރަށް އިއާދަކުރަނިވި ހަކަތަ ގާއިމުކުރަމުންދާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ