- ހއ. ތުރާކުނު
- ހއ. އުލިގަމް
- ހއ. މޮޅަދޫ
- ހއ. ހޯރަފުށި
- ހއ. އިހަވަންދޫ
- ހއ. ކެލާ
- ހއ. ވަށަފަރު
- ހއ. ދިއްދޫ
- ހއ. ފިއްލަދޫ
- ހއ. މާރަންދޫ
- ހއ. ތުރާކުނު
- ހއ. އުތީމު
- ހއ. މުރައިދޫ
- ހއ. ބާރަށް
- ޅ. އޮޅުވެލިފުށި
- ޅ. ކުރެންދޫ
- ގއ. ވިލިނގިލި
- ށ. ބިލަތްފަހި
- ހދ. ފިނޭ
- ހދ. ކުމުންދޫ
މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން 20 ރަށުގައި ގާއިމުކުރާ ޕަވަރ ޕްލާންޓްމޮނިޓަރިންގ ސިސްޓަމްތައް ފެނަކައިގެ އިންޖީނުގެތަކުގައި އިންސްޓޯލްކޮށް މިސިސްޓަމްތަކުގެ އޮޕަރޭޝަން އަދި މެއިންޓެނެންސް 2 އަހަރުދުވަހަށް ބަލަހައްޓާނީ ކޮންޓްރެކްޓަރެއް ކަމަށާއި، އޭގެއިތުރުން މި ސިސްޓަމްތަކަށް ފެނަކައިގެ މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި އެކުންފުނީގެ މުވައްޒަފުންނަށް ތަމްރީނު ދިނުން ވެސް އެއްބަސްވުމުގައި އެކުލަވާލާފައި ވަނޭ ކަމަށެވެ.
ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީ ތަކުންކަރަންޓު ބިލަށް ކުރާ ހަރަދު ކުޑަކޮށް، އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އެފުއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެއިޖުތިމާއީ އަދި އިގްތޮސާދީ މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ރަށްރަށުގައި ގާއިމުކޮށްފައިވާ ކަރަންޓު އުފައްދާ ނިޒާމުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން މިނިސްޓްރީން ބުނީ، އެ ނިޒާމުތައް ޒަމާނީކޮށްއެނާރޖީ މެނޭޖްމަންޓު ސިސްޓަމު މެދުވެރިކޮށް ކޮންޓްރޯލު ކުރެވޭނެ ގޮތަށް ވެސް ދަނީބަދަލުކުރަމުން ކަމަށެެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނެފައިވަނީ، ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށްޓަކައި އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރުކުޑަކުރުމަކީ އަދުގެ ސަރުކާރުން ވަރަށް އިސްކަންދޭކަމެއް ކަމަށެވެ.
ކުރިއަށް އޮތްފަސް އަހަރު ދުވަހުގެ ތެރޭގައި ގައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވިހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރައީސް ޑރ.މުހއްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
މިހާތަނަށް ރާއްޖޭގައި 67.5 މެގަވޮޓުގެ އިރުގެއަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރެވިފައިވެއެވެ. އެއީ ގައުމަށް ބޭނުންވާކަރަންޓުގެ ގާތްގަނޑަކަށް 6 އިންސައްތައެވެ.







