
20 އިމާމަކާއި ޚަތީބަކު ތަމްރީނަށް މައްކާއަށް ފޮނުވަނީ
20 އިމާމަކާއި ޚަތީބަކު ތަމްރީނަށް މައްކާއަށް ފޮނުވަނީ
ލިޔުން:
އިމާމުންނާއި ޚަތީބުންނަށް އިތުރު ތަމްރީނު ދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގެ ތެރެއިން ފުރަތަމަ ބުރުގައި 20 މީހަކު މައްކާ އަށް ފުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވީ އިމާމުންނާއި ޚަތީބުންނަށް އިތުރު ތަމްރީނު ދިނުމަށް މައްކާއަށް ފުރަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގައި ކަމަށެވެ.
ސައުދި އަރަބިއްޔާއާ ގުޅިގެން އިމާމުންނަށް ހިންގާ ޕްރޮގްރާމުތަކުގެ ސަބަބުން އިމާމުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި ޝައްވާލު މަހުގެ ތެރޭގައި، ޕްރޮގްރާމުގެ ދެވަނަ ބުރުގައި މީހުން މައްކާ އަށް ފުރާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
https://twitter.com/Mohamedshaheem1/status/1757084620393472016
ޝަހީމް ވިދާޅުވި ގޮތުގައި ސައުދީގެ އިތުރުން މެލޭޝިއާއަށާއި ބުރޫނާއީ އާއި މިސްރާއި އިންޑޮނޭޝިއާ އަށް ވެސް އިމާމުން ތަމްރީނު ކުރަން ފޮނުވަން ވަނީ ނިންމާފައެވެ.
"އިރާދަކުރެވިއްޔާ ރަމަޟާން މަހުގެ ފަހުން އެ ދަތުރުތައް އެކި ބުރުތަކަށް ބަހައިގެން އިމާމުންނަށް އަޅުގަނޑުމެން ފަހިކޮށް ދޭނަން." ޝަހީމް ވިދާޅުވިއެވެ.
އިއްޔެ ގއ. ގެމަނަފުށީގައި ވަނީ 77 ބައިވެރިންނާއެކު އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ފަށައިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
